ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖެއިން ކޮވިޑް 19 އަށް 20 މީހުން ފައްސިވެއްޖެ

އެރިޔާދޫ ކަރަންޓީނު ފެސިލިޓީގައި ހުރި ދިވެއްސަކު ކޮވިޑް 19އަށް ފައްސި ވެފައިވާކަމަށް ހެލްތު ޕޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ‏އެރިޔަދޫ ކަރަންޓީން ފެސިލިޓީ ގައި ކަރަންޓީނު ކުރެވިފައިވާ ދިވެއްސެއް ‎ކޯވިޑް19 އަށް ޕޮސިޓިވްވެފައިވާކަމަށާއި ފިލިޕީންސް އިން އެނބުރި އައި މިމީހާ އަކީ މި ބައްޔަށް ޕޮޒިޓިވްވި 5ވަނަ ދިވެހި މީހާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިމީހާ އާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު ވަނީ 20 އަށް އަރާފައެވެ. ނަމަވެސް ކަރަންޓީނު ފެސިލިޓީ ތަކުގައި 862 މީހުން ތިބިއިރު 11 މީހަކު ވަނީ މި ބަލީގައި އެކަހެރި ކުރެވިފައެވެ. މިއާއެކު ދިވެހިރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން ވަނީ މިމަހުގެ (އޭޕްރީލް) ގެ ނިޔަލަށް ދަމަހައްޓާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގައި މުޅިއެކު އެއްލަކައަށް ވުރެ ގިނަ މީހުން މިބަލީގައިވަނީ ނިޔާވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top