ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލ. ފޮނަދޫ ބަރާސިލު އަވަށު ގެއެއް ކަރަންޓީނަށް(

ލ. ފޮނަދޫ ބަރާސިލް ‘ނިޝާން’ ގެއަށް ވަދެ ނުކުމެ އުޅުން މަނާކޮށްފިއެވެ.

އެ ގެ ކަރަންޓީނުކޮށްފައި ވަނީ އިއްޔެ މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހަކާއި އެ ގޭގެ ކުއްޖަކު ބައްދަލުވެފައިވާތީއެވެ. މަޢުލޫމާތު ލިބޭގޮތުން ފައްސިވި މީހާއާއި އެ ކުއްޖާ ސަލާމްކޮށްފައިވެއެވެ.

‘ނިޝާން’ ގެއަށް މީހުން ވަދެ ނުކުތުން މަނާކޮށްފައި ވަނީ އެ މީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން ކަމަށް ބުނެފައި ވެއެވެ.

ފޮނަދޫ ކޮވިޑް-19 ޓާސްކްފޯހުން ނެރެފައިވާ ނޯޓިސް

ފައްސިވި ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތާއި ކޮންޓެކްޓްވި އެއްވެސް ފަރާތެއް ހުރިނަމަ ވީއެންމެ އަވަހަކަށް ފޮނަދޫ ޓާސްކް ފޯސްގެ ހޮޓްލައިން ނަމްބަރު 7970214އަށް އަންގައިދިނުމަށް ވަނީ އެދިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top