ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
130 ފުލުހަކު ކަރަންޓީނުގައި

ފުލުހުންގެ ތެރެއިން 130 ފުލުހުން ކަރަންޓީނު ކޮށްފައިވާކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މިހާތަނަށް އައިއިރު ސިފައިންގެ 5 މީހަކު ބައްޔަށް ފައްސިވެފައިވާކަމަށް ސިފައިންގެ ކާނަލް ހުސައިން އަލީ ވަނީ ވިދާޅުވެފައެވެ. އެއާގުޅިގެން ކަރަންޓީނު ކުރަންޖެހޭ ފަރާތްތައް ކަރަންޓީނު ކޮށްފައިވާކަމަށްވެސް ހުސައިން އަލީ ވިދާޅުވެއެވެ.

130 ފުލުހުން ކަރަންޓީނުކުރީ އެކި ކޭސްތަކާއި ގުޅިގެން ހަދާ ކޮންޓެކްޓް ޓްރޭސިންގ އާ ގުޅުންހުރި ފަރާތްތައް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 250 މީހަކަށް ކޮވިޑް-19 ޖެހިފައިވެއެވެ. 1271 މީހެއް ވަނީ ކަރަންޓީނުކޮށްފަ އެވެ. އަދި 285 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ކަމަށް ހާމަކޮށްފައިވާ މަޢުލޫމާތުތަކުން ދައްކައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top