ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިޔާމީ އެންޓަރޕްރައިސަސް ގެ ހަދިޔާ ކޮވިޑް ޓާސްކް ފޯހާއި، ފުލުންނާއި އަދި ސިފައިންނަށް

ރާއްޖޭގައި ފުޅާދާއިރާއެއްގައި ތަފާތު އެކި ބްރޭންޑްތަކުގެ އުފެއްދުންތައް އެތެރެކޮށް ވިއްކަމުން އަންނަ މިޔާމީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ކޮވިޑް ޓާސްކް ފޯހާއި، ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއި އަދި، ސިފައިންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދިޔާ ފޮނުވައިފިއެވެ.

އެގޮތުން މިޔާމީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އެތެރެކުރާ “ލަންޑެއްސާ” ބްރޭންޑްގެ ކޮފީ އާއި، ތަފާތު ވައްތަރުގެ ލުއި ކާނާ ހާދިޔާކޮށްފައިވެއެވެ.

މިޔާމީ އެންޓަރޕްރައިސަސް ގެ ފަރާތުން ކޮވިޑް ޓާސްކް ފޯސް އަށް ތަކެތި ހަދިޔާކުރަނީ / ފޮޓޯ: މިޔާމީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް

މިޔާމީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާ ގޮތުގައި މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ޤައުމާއި، ރައްޔިތުންގެ ހައްގުގައި ރެއާއި، ދުވާލު ކެނޑިނޭޅި އެފާރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތްތަކީ ޝުކުރުވެރިވުން ހައްގު މަސައްކަތްތަކެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކުންފުނީގެ ފަރާތުން ކޮންމެވެސް ކަމެއް ކޮށްދޭން ބޭނުންވި ކަމަށެވެ. އެގޮތުން އެ ކުންފުނިން ހަދިޔާކުރި ލަންޑެއްސާ ބްރޭންޑްގެ އައިސް ކޮފީ އާއި، އެހެނިހެން ކާތަކެއްޗަކީ ކުޑަ ހަދިޔާ އެއް ނަމަވެސް، އުންމީދަކީ އެކަމުގެ ސަބަބުން އެފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ދިއުން ކަމުގައި ވެސް އެކުންފުނިން ބުނެފައިވެއެވެ.

މިޔާމީ އެންޓަރޕްރައިސަސް ގެ ފަރާތުން ސިފައިންނަށް ތަކެތި ހަދިޔާކުރަނީ / ފޮޓޯ: މިޔާމީ އެންޓަރޕްރައިސަސް

މިޔާމީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފިހާރަތައް މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހުންނައިރު، ފުރަބަންދުގައި ވެސް އެކުންފުނިން ޑެލިވަރީގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top