ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި ފުރަތަމަ މީހާގެ ޖަނާޒާ ބާއްވައިފިއެވެ.
މައްޔިތާގެ ކަށުކަމާ ކެމީގެ ކަންތައް ކޮށްފައިވަނީ ދިވެހި އަންހެން ސިފައިންނެވެ. އަދި މައްޔިތާގެ ސަންދޯއް އުފުލީ ފިރިހެން ސިފައިންނެވެ. ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔަ ސިފައިން ތިބީ، ރައްކާތެރި ކަމުގެ ސޫޓް، ޕީޕީއީ ލައިގެންނެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން މީހަކު ނިޔާވި ފުރަތަމަ މީހާއެވެ.
ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ މީހެއްކަމަށާއި ނިޔާވި މީހާއަކީ ކޮވިޑާ ގުޅިގެން ކަރަންޓީނުކޮށްފައިވާ ގެއެއްގައި އުޅުނު މީހެއް ކަމަށް އެނގިފައިވެއެވެ.
މިރޭ ނިޔާވެފައި ވަނީ އާމިނަތު އާދަމް ނަމަކަށްކިޔާ މީހެކެވެ. އޭނާ ނިޔާވީ މިރޭ 7:10 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެ ހާލު ދެރަވުމުން އިއްޔެ ހަވީރު ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ
