މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު އިޝާން ލަވަކިޔުން ހުއްޓާލައިފިއެވެ.
2016 ވަނަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ތިންވަނަ ހޯދައި އެ މުބާރާތުން އާއްމުންގެ މަގުބޫލުކަން ހޯދި އިޝާން ފޭސްބުކް މެދުވެރިކޮށް ބުނެފައިވަނީ މިއުޒިކް ކުޅެ އަޑުއެހުން އެއީ މާތްﷲ އާއި ތިބާ އާމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޝައިތާނާ އޭނާ ބޭނުން ކޮންމެ ގޮތަކަށް ނަފުސު ކޮންޓްރޯލް ކުރާ ކަމަށެވެ.
“ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތަށްވީ އިހްސާސްތަކާއި ނުބައްދަލު” އިޝާން ލިޔެފައި ވެއެވެ.

އިޝާންގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓް
އޭނާ ބުނީ ލަވަ ކިޔައިގެން އެންމެ ރެއަކުން އޭނާއަށް ލިބުނު އާމްދަނީ މިހާރު ލިބެނީ މަސް ދުވަހުން ކަމަށާއި، އެހެން ނަމަވެސް ފުދުންތެރިކަމާއި ތަނަވަސް ކަމަކީ އިންސާނެއްގެ ހިތާއި ގުޅިފައި އޮންނަ ކަމެއްކަން މިހާރު އިހްސާސް ކުރެވޭ ކަމަށެވެ.
އިޝާން ވަނީ އޭނާގެ ލަވަތައް އަޑު ނޭހުމަށް ވެސް އެދިފައެވެ.
