ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 އިން ރަނގަޅުވި މަނަދޫ މީހާ ނިޔާވެއްޖެ

ކޮވިޑް-19 އިން ރަނގަޅުވި އުމުރުން ދުވަސްވި މަނަދޫ މީހާ ނިޔާވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ނިޔާވި އެމީހާ ބަލިން ރަނގަޅުވީކަން އިޢުލާނުކުރީ ކުރީ މިދިޔަ ހަފްތާއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އުމުރުން 80 އަހަރުގެ އެމީހާ ނިޔާވީ ޝޮކެއް ޖެހިގެން އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ކޮވިޑް ޖެހުމުގެ ސަބަބުން އޭނާގެ އާއިލާ އެންމެވެސް މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދުގެ ނިޔަލަށް ރާއްޖޭގައި 1216 މީހުންނަށް މިބަލި ޖެހިފައިވާއިރު، 104 މީހުން ވަނީ މިހާރު އެބަލިން ރަނގަޅުވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 4 މީހަކު މަރުވެފައެވެ. އަދި، މިއަދު އެކަނިވެސް 30 މީހަކަށް އެބަލި ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. ކޮވިޑް-19 އަށް މިއަދު ފައްސިވެފައި ވަނީ 14 ދިވެހިންނާއި، ބަންގްލަދޭޝްގެ 10 މީހުންނާއި އަދި އިންޑިއާގެ 6 މީހުންނެވެ. ރާއްޖޭގައި މިވަގުތުވެސް ކޮވިޑް-19 އަށް ފައްސިވި 1106 މީހަކަށް ފަރުވާދެމުން އެބަދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top