އިތުރު 42 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 42 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ދިވެހި މީހަކާއި، ބަންގްލަދޭޝްގެ 28 މީހުންނާއި އަދި އިންޑިއާގެ 13 މީހުން ކަމަށެވެ.
✳️ COVID-19 Case Updates
As of 03:00pm
Confirmed an additional 42 cases of COVID-19 infection in Maldives.
– 01 Maldivian
– 28 Bangladeshis
– 13 IndiansTotal number of cases: 1,633
— Health Protection Agency (@HPA_MV) May 30, 2020
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 1633 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 554 މީހުންނާއި، ބަންގްލަދޭޝްގެ 864 މީހުންނާއި، އިންޑިއާގެ 165 މީހުންނާއި، ނޭޕާލްގެ 23 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 9 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 4 މީހުންްނެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 242 މީހުން ރަނގަޅުވެފައި ވާއިރު، 5 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1580 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1189 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
