ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖާންވީ ކަޕޫރުގެ “ގުންޖަން ސަކްސޭނާ” ނެޓްފްލިކްސް އަށް!

ބޮލީވުޑްގައި އެންމެ ގަދައަށް ފިޔަޖަހައިލި އެއް ތަރި ކަމަށްވާ ސްރީ ދޭވީ އާއި ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ “ގުންޖަން ސަކްސޭނާ – ދަ ކާރްގިލް ގާރލް” ނެޓްފްލިކްސްގައި ރިލީޒްކުރަން ނިންމައިފިއެވެ. މަޢުލުމާތު ލިބޭގޮތުން ވަރަށް އަވަހަށް އެ ފިލްމު ނެޓްފްލިކްސް އިން ސްޓްރީމް ކުރެވޭނެއެވެ.

ޝަރަން ޝަރްމާ ޑައިރެކްޓްކުރާ “ގުންޖަން ސަކްސޭނާ – ދަ ކާރްގިލް ގާރލް”ގެ ޓީޒާއެއް ވެސް މިހާރު ވަނީ އާއްމުކޮށްފައެވެ.

އެޕްރީލް މަހުގެ 24އަށް ތާވަލުކުރި ފިލްމު “ގުންޖަން ސަކްސޭނާ” އަކީ ބައޮގްރަފިކަލް ޑްރާމާއެކެވެ. “ގުންޖަން ސަކްސޭނާ – ދަ ކާރްގިލް ގާރލް”ގައި ކިޔައިދޭނީ އިންޑިއާގެ އަސްކަރިއްޔާގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަންގެ ވާހަކަ އެވެ. އެގޮތުން 1971 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ކަރްގިލް ހަނގުރާމައިގައި އަސްކަރީ އޮފިސަރުން ހެލިކޮޕްޓަރެއްގައި އުފުލަން ގުންޖަން ކުރި މަސައްކަތް ފިލްމުގައި ދައްކުވައިދޭނެ އެވެ.

“ގުންޖަން ސަކްސޭނާ – ދަ ކާރްގިލް ގާރލް” ގެ ކާސްޓުންގެ ތެރޭގައި ޖާންވީ ކަޕޫރު ލީޑުން ފެންނައިރު، އަންގަދު ބޭދީ އާއި ޕަންކަޖް ތުރިޕަތީ އާއި ވިނީތު ކުމާރު ސިންގް އަދި މާނަވް ވިޖް ހިމެނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top