ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝިފާ ހުރީ “ލާމު ޓުއަރ” އަކަށް ދާން ކެތްމަދުވެފައި!

ކާމިޔާބު ފިލްމު “ދެވަންސޫރަ”، “ނޯޓީ ފޯރޓީ” ފަދަ ފިލްމުތަކުގައި މޮޅު އެކްޓިންއެއް ދައްކައި ބޮޑު މަޤްބޫލުކަމެއް ހޯދަމުން އަންނަ ހިތްގައިމު އެކްޓްރެސް މަރިޔަމް ޝިފާ ހުރީ ނިއު ނޯމަލްގައި “ލާމު ޓުއަރ”އަކަށް ދިއުމަށް ކެތްމަދުވެފައި ކަމަށް އޭނާ ބުނެފިއެވެ.

“ނިއު ނޯމަލްގަ ޝިފާ އެންމެ ފުރަތަމަ ދާން ބޭނުންވަނީ ލާމު ޓުއަރ އަކަށް. ޕަރީ ފެންގަނޑާ، ލާމުގެ އެކި ރީތި ލޮކޭޝަންތަކާ އެއްޗެހި ބަލާލާ ލާމުގަ މަޖާކޮށްލާ ލާމުގެ ދިގު މަގު، ބޮޑު މަގުގަ ދުއްވާލާ، ލާމުގެ އެކި ތަންތަނުގަ ޓިކްޓޮކް ކުޅެލާ އެކި ރަށްރަށަށް ޖައްސާލާ ލާމުގެ އެކި ރަށްރަށުގަ އޮންނަ ސަގާފީ ކަންތައްތައް ބަލާލަން.” ޓިކް ޓޮކްގައިވެސް އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދިވެހި އެކްޓްރެސް ޝިފާ ބުންޏެވެ.

“ފުރަބަންދު ނިމުނީމަ ތިބޭފުޅުން ދާން ބޭނުމީ ކޮންތާކަށްތޯ؟ ޝިފާއާ އެކީގަ ލާމު ޓުއަރ އަކަށް ދާން ބޭނުންތޯ؟” ހިތްގައިމު ހިނިތުންވުމަކާއެކު ލާމަށް ދިއުމަށް ދަޢުވަތުދެމުން ޝިފާ ބުންޏެވެ.

https://www.facebook.com/laamutour/videos/547768672566208/

ނިއު ނޯމަލްގައި ލާާމު ޓުއަރ އިން ލ. އަތޮޅު އިޝްތިހާރުކުރުމަށް މި އަހަރު ފަށާފައިވާ ހަރަކާތްތައް ވަރަށް ވެސް ތަފާތެވެ. ލާމު ޓުއާރ އިން އިސްނަގައިގެން ލާމު އަތޮޅު ޕޮރޮމޯޓް ކުރުމަށް މިއަހަރަށް ކަނޑައެޅި އިވެންޓް ތަކުގެތެރެއިން ”ލާމުޓުއާރ ވިތު ސެލެބިރިޓީ“ގެ ފުރަތަމަ އިޝްތިހާރު މިހާރު މިވަނީ އާއްމުކޮށްފައެވެ. ލާމު ޓުއަރ އިން މިފަދަ އިތުރު އިޝްތިހާރުތައް ރާއްޖޭގެ ސެލެބްރިޓީން ލައިގެން ހެދުމަށް މިހާރުވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް:-

ލާމަށް ދާންވީ ކީއްވެކަން ލާމު ޓުއާރ ގައިޑުންގެ ދުލުން

ލާމު ގޮޅަރިހަ ކޭން – ރާއްޖޭގައި ތައްޔާރުކުރާ އެންމެ ބޮޑު ބޮޑުކޭން

”ލާމު ޓުއާރ އޮން ނިއު ނޯމަލް“ – ލާމު އިޝްތިހާރު ކުރުމުގެ ތަފާތު އިވެންޓެއް!

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ސުނާމީ 2030
2 ގަޑިއިރު ކުރިން
ޒަލަފް – ފަހު ބައި
5 ގަޑިއިރު ކުރިން
Home
Menu
Search
Back to top