ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސުކޫލުތަކުގައި ބޭނުން ކުރާ މާސްކުތަކުގައި ހުންނަންޖެހޭ ޝަރުތުތައް އާންމުކޮށްފި

އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ރާއްޖޭގެ ސުކޫލުތަކުގައި ކިޔަވައިދުނުން ފެށުމަށް ހަމަޖެހިފައިވާއިރު، ދަރިވަރުން ސްކޫލަށް ހާޟިރުވާއިރު އަޅާ މާސްކުގައި ހުންނަން ޖެހޭ ސިފަތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާންމުކޮށްފިއެވެ.

ސުކޫލުތައް އަލުން ހުޅުވާލާއިރު، ސުކޫލުތަކަށް ވަދެނިކުމެ ހަދާ ފަރާތްތަކުން މާސްކު އަޅަންވާނެ ކަމަށާއި، އަދި މާސްކުގެ ގޮތުގައި ސާޖިކަލް ނުވަތަ ފޮތި މާސްކު ވެސް ބޭނުންކުރެވޭނެ ކަމަށް އެ މިނިސްޓްރީން އާންމުކޮށްފައިވާ މަޢުލޫމާތުގައިވެއެވެ.

ފޮތި މާސްކު ބޭނުންކުރަައްވާނަމަ، އޭގައި ހުންނަން ޖެހޭނެ ޝަރުތުތަކަކީ:

• މާސްކު ހެދުމަށް ބޭނުންކުރާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ، ނޭވާލާން ފަސޭހަ ފޮއްޗަކަށްވުން.

• މާސްކުގެ ބޭރުފަށަލަ ހަދާފައި ހުންނަންވާނީ ފަސޭހައިން ފެން ނުފާއްދާ ފޮއްޗަކުން އަނގަޔާއި، ނޭފަތް ރަނގަޅަށް ނިވާވެ، ބަންދުވާގޮތަށް.

• ބާރު ނުވަތަ ދޫވެގެން އަބަދު އަބަދު އަތްލާ ރަނގަޅު ކުރަންޖެހޭ ފަދަ މާސްކަކަށް ނުވުމާއި، މާސްކު ފަހާފައި ހުންނަނަވާނީ ތިން ފަށަލަ ހުންނަ ގޮތަށް.

• ދަރިވަރުންނާއި ސުކޫލުތަކުގެ މުވައްޒަފުން ބޭނުން ކުރަންވާނީ އެއްވެސް ފަރުމާއެއް ނެތް (ޕްލެއިން) ފޮތިން ފަހާފައިވާ މާސްކު.

• މާސްކުގައި ސްކޫލުގެ ލޯގޯޖެހުމާއި އެނޫންވެސް ޒީނަތްތެރި ކުރުމުގެ ގޮތުން ފާހަގަ ކުރެވޭނޭ ފަދަ އިތުރު ކުރެހުމެއް / ފަރުމާއެއް ނެތުން.

ސުކޫލުތަކުގެ ބެޖުޖަހައިގެން މާސްކުފަދަ ތަކެތި ވިއްކަމުންދާކަން ފާހަގަ ކުރެވުމާއި ގުޅިގެން އެކަން އެ ގޮތަށް ނުކުރުމަށް އެދި މިމަހުގެ 16 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ބަޔާނެއްވެސް ނެރެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top