ބަވަނަވެފައިވާ މި ޒަމާނަކީ ވަދިކަމުގެ (ބިޒީކަމުގެ) ވެސް ޒަމާނެކެވެ. ކޮންމެ މީހަކަށްވެސް އޮންނަނީ ސައުވީސް ގަޑިއިރު ވެސް ކުރުވެފައެވެ. އެހެންކަމުން ދުނިޔޭގެ ޚަބަރުދަބަރު ހޯދުމަށް ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހައިވެސް ކުރުގޮތެކެވެ. އަވަސް ގޮތެކެވެ. މިކަމަށް ހައްލެއް ގެނެސްދިނުމަށް “ކުރުކޮށް ޑޮޓް ކޮމް“ގެ ނަމުގައި ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އެޕްލިކޭޝަނެއް މިހާރު މިވަނީ ތަަޢާރަފުކޮށްފައެވެ.
“ކުރުކޮށް ޑޮޓް ކޮމް“ގެ ބާނީ އަކީ ކުރުކޮށް ބުނާނަމަ މޮންދު އެވެ. ދިވެހި މީޑިއާގައި ރަންއަކުރުން ފަވާލެވޭ މުހައްމަދު އާސިފް (މޮންދު) އެވެ. އެންޑްރޮއިޑް އަދި އައިއޯއެސް އެޕާއެކު ފަށާފައިވާ މި ޚިދުމަތާމެދު، މުނިއަވަސް އަށް މޮންދު ވިދާޅުވީ މިއީ ކުރުކޮށް ޚަބަރު ފޮނުވައިދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށެވެ. މޮންދު އިތުރަށް ވިދާޅުވީ މީގައި ބޮޑަށް ގެނެސްދޭނީ މީހުން ބޮޑަށް ޝައުޤުވެރިވާ ޒާތުގެ ސުރުޚީތައް ހިމެނޭ ޚަބަރުތަކެވެ.
“ކުރުކޮށް ޑޮޓް ކޮމް” އެޕްގެ ބައިތަކަށް ބަލާލާއިރު، ސިޔާސީ، މީހުން، ދުނިޔެ، ރާއްޖެ، ކޮވިޑް-19، ކުޅިވަރު ފަދަ މުހިންމު ބައިތައް ހިމެނެއެވެ. ބައެއް އާޓިކަލްތަކާއި އެކުގައި ވީޑިއޯ ހިމަނާފައި ހުރުމަކީ މި އެޕްގައި ފާހަގަކޮށްލެވޭ މުހިންމު ކަމެކެވެ.
ދަޢުލަތުގެ މީޑިއާގައި އަގުހުރި ޚިދުމަތްތަކެއް ދިގު މުއްދަތަކަށް ކުރެއްވުމަށްފަހު ވީމީޑިއާގެ ސީއޯއޯގެ މަގާމުވެސް ފުރުއްވި މޮންދު އަކީ މިހާރުވެސް ނޫސްވެރިކަމާ ގުޅުންހުރި އެކިއެކި ކަންކަމުގައި ހަރަކާތްތެރިވެލައްވަމުން ގެންދަވާ ބޭފުޅެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިިލް (އެމްއެމްސީ) ގެ ރައީސްކަން ވެސް ދެ އަހަރު ވަންދެން މޮންދު ކުރައްވާފައި ވެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގެވެސް އޮންލައިންތަކާއި މީޑިއާގެ ވަޞީލަތްތަކުން ފާހަގަކޮށްލެވޭ މުހިންމު ޚަބަރުތައް “ކުރުކޮށް ޑޮޓް ކޮމް“ގެ ޒަރީޢާއިން ވިދާޅުވުމުގެ ފުރުޞަތު ހިމަނާއިރު “މުނިއަވަސް”އިން ފާހަގަކޮށްލެވޭ ޚަބަރުތައްވެސް ހިމަނާނެކަމަށް މޮންދު ވިދާޅުވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!