މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހއ. ފިއްލަދޫގައި ގާއިމްކޮށްފައިވާ އިޖްތިމާޢީ މަރުކަޒުގެ މަސައްކަތް ނިންމާލައިފިއެވެ.
މިކަން އިޢުލާން ކުރައްވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިއްލަދޫގެ ޒުވާނުން ބޭނުންވާ ގޮތަށް އެރަށުގެ އިޖްތިމާޢީ މަރުކަޒު ނިންމާލާފައިވާ ކަމަށެވެ. ހަމައެހެންމެ އެ މަރުކަޒަށް ބޭނުންވާ ސާމާނު ހޯދުމުގައި މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ މަޙްލޫފް ވަނީ ދެއްވާފައެވެ. މި މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ފިއްލަދޫ ކައުންސިލާއި އެރަށް ހިމެނޭ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވެދެއްވި އެހީތެރިކަމަށް މަޙްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
Happy to have completed the work on HA. Filladhoo youth centre as per the requests from the youth. We’ll also be providing assistance to install equipments in the centre. Thank MP @kelaaibrey and Island Council for their assistance in carrying out this project. pic.twitter.com/jCeH4L9Ad3
— Ahmed Mahloof (@AhmedMahloof) June 24, 2020
ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނާއި، މުނިފޫހިފިލުވުމާއި، އެކި ކުޅިވަރުތަކުން ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމިގެ ގޮތުން ޔޫތު މިނިސްޓްރީގެ ފަރާތުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާޢީ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި، ހަމައެހެންމެ، ޒުވާނުންނަށް ބޭނުންވާ އެކިއެކި ކަންކަމުގައި ޔޫތު މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
