މީހުންގެ ތެރޭގައި ކޮށް އުޅޭ ކަންކަމަށް ފާޑުކިޔުމަކީ އާންމު އަދި ގިނަ މީހުން ކުރާ ކަމެއްކަން ނޭނގޭނެ އަދި ޤަބޫލުނުކުރާނެ މީހެއް ނޫޅޭނެކަން ގައިމެވެ. ދިވެހިންގެ ތެރެއަށް ބެލިޔަސް މީ ސާފުވާން އޮންނަ ހަޤީގަތެވެ. އެގޮތުން މިހާރަކަށް އައިސް އެންމެ ގިނައިން މީހުން ފާޑުކިޔާ ކަމަކީ އަންހެންކުދިން ރޮށި ދަމާ ގޮތަށެވެ. ރޮށި ދަމަންޖެހެނީ ވައްކޮށްތޯ ނުވަތަ ނޫންތޯ މީ މިއަދު ގިނަ މީހުން ކުރާ ބަހުސެކެވެ. ދެން އުފެދޭ ސުވާލަކީ ރޮށީގެ ބޭނުމަކީ ކެއުންތޯ ނުވަތަ ރޮށި ވައްކޮށް ދެމުންތޯއެވެ؟ ނުވަތަ ދަމާފައި އޮންނަ ގޮތަކުން އޭގެ ރަހައަށް ބަދަލު އާދޭތޯ ނުވަތަ ނޫންތޯއެވެ؟ މީ ހައްތަހާވެސް މިކަމާއި ގުޅިގެން އުފެދޭ ސުވާލުތަކެވެ.
ކުރާ ކޮންމެ ކަމަކަށް ފާޑުކިޔުމަކީ އިންސާނީ ޠަބީޢަތް ކަމުގައި ވާފަދައިން ރޮށި ދަމާފައި އޮންނަ ގޮތަށް ފާޑުކިޔައި އެ ދަމަން ޖެހޭ ގޮތަކީ އެއްކޮށް ވައްކޮށޭ ކިޔާއިރު، ރޮށި ކާއިރު ކަނީ ކޮށައިގެންކަން ހަނދާން ނެތެނީބާއެވެ؟ މީ ފާޑުކިޔުންތައް އަމާޒުވާ ގިނަ ބައެއްގެ ސުވާލެކެވެ. ސަބަބަކީ ދިވެހިން ރޮށި ކާ ކޮންމެ ފަހަރަކުވެސް ބޭނުމީ ރިހަ ނުވަތަ އެހެން އެއްޗަކާއި މޮޑެގެން ނުވަތަ ޖައްސައިގެން ކާން ކަމުގައި ވާތީއެވެ. އަދި ގިނަ ދިވެހިން ފޯރި ދީފައި ކާ ކޮއްތުރޮށި ފަދަ އެއްޗެހިވެސް ހަދައިގެން ކަނީ ރޮށި ކޮށައިގެން ކަމުގައި ވާތީއެވެ. މަސްހުނި ކަހަލަ އެއްޗެހި ކެޔަސް ކެވެނީ މިކަހަލަ ގޮތަކަށް ކަމުގައި ވާތީއެވެ. މި ހުންނަނީ ހައްތަހާވެސް ނެގޭނެ މިސާލުތަކެވެ. މިގޮތަށް ކަން އޮތްއިރު ގިނަ ފިރިހެންވެރިން އަންހެންކުދިންގެ ރޮށި ދެމުމަށް ފާޑުކިޔާ ސަބަބު ނުވިސްނޭކަމަށް މިއަދު ގިނަ އަންހެންކުދިން ޤަބޫލު ކުރެއެވެ.
މިހާރަކަށް އައިސް ކުރިއަށްދާ މި ބަހުސްގައި އަންހެންކުދިންނަށް ވާނީ ވައްކޮށް ރޮށި ދަމަން އެނގިގެނޭ ބުނާ ބުނުމަކީ މިއަދު އާންމު ބުނުމެކެވެ. ނަމަވެސް ދެން އުފެދޭ ސުވާލަކީ ހަމައެކަނި އަންހެންކުދިންގެ ބޮލުގައި މި “ޓެގް” އެޅުވެނީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ ފިރިހެނުން ކުރިޔަސް، އަންހެނުން ރޮށި ދަމަންޖެހޭ ގޮތަކީ ވައްކޮށް ކަމުގައިވާނަމަ ވަކި ފިރިހެނުން މިކަން ކުރާއިރު މިކަމުން އިސްތިސްނާވާ ގޮތެއް އަންހެންކުދިންނަށް ޤަބޫލު ނުކުރެވޭތީއެވެ. އަދި ހަމަ އެހެންމެ ރޮށީގެ ބޭނުމަކީ ކެއުން ކަމުގައި ވާއިރު، ރޮށި އޮންނަ ވައްމިނެއް ނުވަތަ އެހެން ގޮތެއް މުހިންމު ނުވާތީއެވެ. މީގެ އިތުރުންވެސް ވަކި ގޮތަކަށް ރޮށި ދަމަން އެނގިގެން ލާ ރަހައަށް ބަދަލެއް ނާންނައިރު ރޮށި ދަމާއިރު ވައްކޮށް ކޮންމެހެން އޮންނަން ޖެހޭ ސަބަބު ދެނެނުގަނެވޭތީއެވެ.
ދިވެހިންގެ ތެރޭގައި މި ފާޑުކިޔުންތަކުގެ އަޑު މިދުވަސްކޮޅު ގަދަވަމުން ދާއިރު، ކޮންމެހެން ކުރަން ޖެހޭ ކަންކަން ނުކުރެވޭއިރު ތާކުންތާކު ނުޖެހޭ ކަންކަމާއި ފާޑުކިޔަމުންދާ ސަބަބު ނޭނގޭކަމަށް އަންހެންކުދިން އެއްބަސްވެއެވެ. ފޮތްތަކުގައި ވަކި މީހެއް ނެތި އަދި ބައެއް ކަންކަމުގައި ވަކި ބަޔަކަށް ޚާއްސަކޮށް ކުރަން ޖެހޭ ކަންކަން ލިޔެފައިވާއިރު، އެކަންކަމާއި އެއްގޮތަށް ޢަމަލު ނުކުރެވޭކަން މިއަަދު އެންމެންވެސް ޤަބޫލުކުރެއެވެ. އެހެންކަމުން އަންހެނުންނަށް ވީމަ ވަކި ގޮތަކަށް ރޮށި ފިހެން ޖެހޭނެކަމާއި އަދި ރޮށި އޮންނަން ޖެހޭނީ ވައްކޮށްކަން ލިޔެވިފައިވާ ފޮތެއް ވޭބާއެވެ؟ މީ މިއަދު މި ފާޑުކިޔުންތައް އަމާޒުވާވަރު ގިނަކަމުން އުފެދޭ ސުވާލެކެވެ.
ދިވެހިންގެ ތެރޭގައި އާންމުކޮށް ބުނެވޭ ގޮތަކަށް ބުނާނަމަ މީ ހުސް ލައްކަ ވާހަކައެވެ. މިގޮތަށް އެކި ސަބަބުތައް ވަކި ކަމަކަށް ހެކިދޭއިރުވެސް، ހުއްޓާނުލާ މިވާހަކަ ދެކެވޭކަމާއިމެދުވެސް އެތައް ބަޔަކު އަޖައިބުވެއެވެ. ނަމަވެސް ދެންވެސް ބުނެވެން އޮންނާނެ އެއްޗަކީ ކިތަންމެ ސަބަބެއް ދެއްކިޔަސް ޤަބޫލުކުރާނީ ޤަބޫލުކުރަން ބޭނުންވާ މީހުން އެކަނިކަމެވެ. ދަންނަަވަންތޯއެވެ؟ މީ ހަމަ އިންސާނީ ޠަބީޢަތެވެ.
Kehkumaa behey International kithaabuge R ge dhasun inn vahh bolhuga innaaane evaahaka. Roshi innann jeheynee vahhkoh kamah. Some of us being unable to make it round doesn't mean it should be in any odd pattern or shape 😂 Rosheege izzathaa karaamaathaa eyge roshi vantha kamah huthuru eruveny eii. There is always the chance to learn and perfect it.Ask someone for help and i bet they'll have some good tips on it.l
