އެކްތާ ކަޕޫރުގެ މަޤްބޫލު ޓީވީ ސީރީޒް “ކަސޯޓީ ޒިންދަގީ ކޭ”ގެ މުހިއްމު ކެރެކްޓާއެއްކަމަށްވާ މިސްޓަރ ބަޖާޖުގެ ރޯލުން ކަރަން ސިންގ ގްރޯވަރުގެ ބަދަލުގައި ދެން ފެނިގެންދާނީ ކަރަން ޕަޓޭލްކަން ހާމަކޮށްފިއެވެ.
ކަރަން ޕަޓޭލަށް ބަޖާޖުގެ ރޯލު ހުށަހަޅާފައިވަނީ ބަޖާޖުގެ ރޯލު ކުޅެމުން އައި ކަރަން ސިންގ ގްރޯވަރު އެ ރޯލު ދޫކޮށްލުމުންނެވެ. ކާމިޔާބު ޓީވީ ސީރީޒް “ޔޭ ހޭ މުހައްބަތޭ”ގައި ރަމަން ބައްލާގެ ރޯލުން ބެލުންތެރިންގެ މެދުގައި މަޤުބޫލުކަން ހޯދި ކަރަން ޕަޓޭލަށް ބަޖާޖުގެ ރޯލު ހުށަހަޅާފައިވާކަން އޭނާގެ މެނޭޖަރު ވެސް ވަނީ ޔަޤީންކޮށްދީފައެވެ.
“މިސްޓަރ ބަޖާޖްގެ ރޯލަކީ ފާހަގަކޮށްލެވޭ ވަރުގަދަ ރޯލަކަށް ވެފައި އެއީ އެތަކެއް އަހަރެއް ވާންދެން މީހުންގެ ހިތްތަކުގައި ދެމިހުރި ކެރެކްޓަރއެއް. އެހެންކަމުން އެ ރޯލު ކުޅުމަކީ ލިބޭ ޝަރަފެއް.” މިސްޓަރ ބަޖާޖްގެ ރޯލު ކުޅުމާމެދު ކަރަން ބުންޏެވެ.
މީގެ ކުރިންވެސް ކަރަން ސިންގ ގްރޯވަރު ވަނީ ބަޖާޖުގެ ރޯލުން ބްރޭކެއް ނަގާފައެވެ. އެފަހަރުވެސް އޭނާގެ ވިސްނުމަކަށްވީ ސީރީޒް ދޫކޮށްލުމެވެ. ސަބަބެއްކަމަށް ކަރަން ބުނެފައިވަނީ ކަސޯޓީއަކީ އަނޫރާގާއި ޕްރޭނާގެ ލޯބީގެ ވާހަކައެއްކަމުން، މުޅި ސިރީޒްގެ ފޯކަސް އެ ދެ ކެރެކްޓާއަށް އޮތުމަކީ އެއީ ބެލުންތެރިންވެސް ބޭނުންވާގޮތްކަމަށެވެ. އަދި އޭނާގެ ކެރެކްޓަރއަކީ އެހާ އިސްކަމެއްދެވޭ އަދި އެންމެ ބޭނުންވާގޮތަށް ކުރިއަށްދާ ކެރެކްޓަރއެއްކަމަށް ޤަބޫލު ނުކުރެވޭކަމަަށްވެސް އޭރު ކަރަން ބުނެފައިވެއެވެ. އޭނާ މި ސީރީޒުން ބްރޭކް ނަގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. ނަމަވެސް އެކްތާ ވަނީ ކަރަންއަށް ކޮންވިންސްކޮށްދީގެން މިއަހަރުގެ ކުރީކޮޅު ބަޖާޖު އަލުން ކަސޯޓީއަށް އަނބުރާ ގެނެސްފައެވެ.

ކަސައުޓީގެ ފުރަތަމަ ސީޒަންގައި ކަރަން ޕަޓޭލް، އަނޫރާގު އަދި ޕްރޭނާގެ ބައި ކުޅުނު ތަރިންނާއެކު
ކަރަން ޕަޓޭލްވަނީ ކަސޯޓީގެ ފުރަތަމަ ސީޒަންގައި ބަޖާޖުގެ ގާތް ރަހުމަތްތެރިއެއްގެ ދަރިފުޅުގެ ރޯލުކުޅެފައެވެ. އެހެންކަމުން ބަޖާޖުގެ ރޯލު އޭނާއަށް ލިބުމުން، ކަރަން ހުރީ އެކަމާމެދު ވަރަށް އުފަލުންނެވެ. އަދި ކަރަން ސިންގް ގްރޯވަރު ބަޖާޖުގެ ރޯލު ޕޯޓްރެއިޓްކޮށްދިން ގޮތަށްވުރެ ކަރަން ޕަޓޭލް އެ ރޯލު ގެނެސްދޭނެގޮތް ވަރަށްވެސް ތަފާތުވާނެކަމަަށް އޭނާ ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!