ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާސިމްގެ “ތޭރީ ގަލީ” މާދަމާ

ބިގް ބޮސް 13 ގެ ތަރި އާސިމް ރިޔާޒަކީ އެ ޝޯވއިން އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދި ތަރިއޭ ބުނުން ގޯހަކަށް ނުވާނެއެވެ. ޝޯވއަށްފަހު ފުލުފުލުގައި ވީޑިއޯ ލަވަތަކެއް ކުޅެމުން އައިސް މިހާރު އަނެއްކާވެސް އާ ލަވައަށް ނެރުމަށް ތައްޔާރުވީއެވެ. އެގޮތުން އާސިމްގެ އާ ލަވަ “ތޭރީ ގަލީ” މާދަމާ ރިލީޒްކުރާނެއެވެ.

އެންމެ ފުރަތަމަ ލަވައިގައި ޖެކްލީން ފެނާންޑޭޒްއާއެކު މަސައްކަތް ކުރުމަށްފަހު އޭގެ ފަހުން ދެ ލަވައިގައި އާސިމް މަސައްކަތްކުރީ އޭނަގެ ލޯބިވެރިޔާ ހިމާންޝީ ކުރާނާއާ އެކުގައެވެ. މިފަހަރުގެ ލަވައިން ބާބީ މާންއާއެކު އާސިމް ފެނިގެންދާއިރު އެ ދެމީހުންގެ އޮން-ސްކްރީން ކެމިސްޓްރީ ބަލައިލަން އޭނަގެ ފޭނުން ތިބީ ކެތްމަދުވެފައެވެ. ގުރޫ ރަންދަވާއާއި ގުޅިގެން އާސިމް ގެނެސްދީފައިވާ ކުރީގެ ލަވަތަކަށް ލިބުނުވަރުގެ ތަރުޙީބެއް ލިބޭނެކަމަށް މި ލަވައަށްވެސް ލިބޭނެކަމަށް ޔަޤީންކުރާކަމަށް އާސިމް ބުނެފައިވެއެވެ.

ގުރޫ ރަންދަވާ ޅެން ހަދާފައިވާ މި ލަވަ ކިޔާފައިވަނީ ބާބީ މާންއެވެ. ވީ މިއުޒިކްގެ ފަރާތުން ލަވައަށް މިއުޒިކް ތައްޔާރުކޮށްދީފައިވާއިރު ވީޑިއޯ ތައްޔާރުކޮށްދީފައިވަނީ ޔާދު ބްރާރއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ހަމްޒާ – ކުރު ވާހަކަ
5 ގަޑިއިރު ކުރިން
މަންމަ – ކުރު ވާހަކަ
5 ގަޑިއިރު ކުރިން
Home
Menu
Search
Back to top