ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލޯބިވެވިއްޖެ” ގެ ލޯގޯ ޓީޒާ ރިލީޒްކޮށްފި

ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް ޕްރޮޑިއުސްކޮށް ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން ގެނެސްދޭ ފިލްމު ”ލޯބިވެވިއްޖެ“ގެ ލޯގޯ ޓީޒާ ރިލީޒްކޮށްފި އެވެ.

މި ފިލްމުގެ ޝޫޓިން ފެށީ މިދިޔަ އަހަރު ޑިސެމްބަރު 24ވަނަ ދުވަހު ގދ. ތިނަދޫއެވެ. ތިނަދޫ ޝޫޓިން ނިންމައި މާލޭގައި ނަގަންހުރި މަންޒަރުތައް މާލޭގައި ޝޫޓްކުރުމަށްފަހު ލަންކާގައި ޝޫޓިން ފެށީ މި އަހަރު ފެބްރުއަރީ ހަތްވަނަ ދުވަހުއެވެ.

ފިލްމުގެ 99 އިންސައްތަ ޝޫޓްކޮށް ނިމި، ފިލްމު މިހާރު އޮތީ އެޑިޓިން މަރުހަލާގައެވެ. ނަމަވެސް ލަވައެއް ނިންމުމަށްޓަކައި ނަގަން ޖެހޭ ދެތިން މަންޒަރެއް ނުނެގި އޮތްކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

https://www.facebook.com/LoabiVevijje/videos/273183780779971/

ލޯބިވެވިއްޖެ”ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ ހަރަކާތްތެރިވެއެވެ. މީގެ އިތުރުން އިރުފާނާ އިބްރާހިމް (އެރޫ)، ރިޝްފާ، ފުބޫ،އަހްމަދު އީސާ (އާނަންދު)، ނިމާލް، ޢަލީ ޝަމީލް ގެ އިތުރުން ނިޝާ (ނިޝްކޮ) ހިމެނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ. ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top