ދީނީ ސުވާލެއް އޮތީތަ؟
ދިމާނަ
އޭކް ދިން އާޕް ޔޫން – ދިމާނަ
މުނިއަވަސް ގްރެފިކްސް

“އޭކް ދިން އާޕް ޔޫން” އަކީ ކުމާރު ސާނޫ އާއި އަލްކާ ޔަގްނިކްގެ ޖާދުވީ އަޑުން 1997 ވަނަ އަހަރުގެ ހިންދީ ފިލްމު “ޔެސް ބޮސް” އަށް ކިޔައިދީފައިވާ ވަރަށް ރޮމޭންޓިކް ލަވައެކެވެ.

ޖަތިން-ލަލިތުގެ މިއުޒިކަށް ޖާވިދު އަޚްތަރު ޅެން ތައްޔާރުކޮށްދީފައިވާ މި ލަވައިން ފެނިގެންދަނީ ފިލްމުގެ މައި ދެ ތަރިން ކަމަށްވާ ޝާހް ރުކް ޚާން އާއި ޖޫހީ ޗާވްލާއެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި “ޔެސް ބޮސް” ގެ މި ލަވައަކީ އެ ފިލްމުގެ އެންމެ މަޤުބޫލުވި އެއް ލަވައެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

އޭކް ދިން އާޕް ޔޫން ހަމްކޮ މިލް ޖާޔެންގޭ

އެއްދުވަހަކުން ކަލާ ތިގޮތަށް އަހަންނާ ބައްދަލުވެދާނެ ކަމަކަށް،

ޕޫލް ހީ ޕޫލް ރާހޯ މޭ ކިލް ޖާޔެންގޭ

އަދި މަގުތަކުގައި ފިނިފެންމާތައް ފޮޅި ފުރިގެންދާނެ ކަމަކަށް،

މެއިނޭ ސޯޗާ ނަ ތާ

އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ.

އޭކް ދިން އާޕް ޔޫން ހަމްކޮ މިލް ޖާޔޭންގޭ

އެއްދުވަހަކުން ކަލާ ތިގޮތަށް އަހަންނާ ބައްދަލުވެދާނެ ކަމަކަށް،

ޕޫލް ހީ ޕޫލް ރާހޯ މޭ ކިލް ޖާޔޭންގޭ

އަދި މަގުތަކުގައި ފިނިފެންމާތައް ފޮޅި ފުރިގެންދާނެ ކަމަކަށް،

މެއިނޭ ސޯޗާ ނަ ތާ

އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ.

އޭކް ދިން ޒިންދަގީ އިތުނި ހޯގީ ހަސީން

އެއްދުވަހަކުން ދިރިއުޅުން މިހާ ފުރިހަމަވެ، އުފާވެރިވެދާނެ ކަމަކަށް،

ޖޫމެގާ އާސްމާން ގާޔެގީ ޔޭ ޒަމީން

މިވެސް ކިޔާލަން:  އާނކް ހޭ ބަރީ ބަރީ – ދިމާނަ

އަދި އުޑު އުފަލުން ނަށައި، ބިން ލަވަކިޔަން ފަށާނެ ކަމަކަށް،

އޭކް ދިން ޒިންދަގީ އިތުނި ހޯގީ ހަސީން

އެއްދުވަހަކުން ދިރިއުޅުން މިހާ ފުރިހަމަވެ، އުފާވެރިވެދާނެ ކަމަކަށް،

ޖޫމެގާ އާސްމާން ގާޔެގީ ޔޭ ޒަމީން

އަދި އުޑު އުފަލުން ނަށައި، ބިން ލަވަކިޔަން ފަށާނެ ކަމަކަށް،

މެއިނޭ ސޯޗާ ނަ ތާ

އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ.

*****

ދިލް ކި ޑާލީ ޕެ ކަލިޔާން ސި ކިލްނޭ ލަގީ

ހިތުގެ ގޮފިތަކުގައި މާބަގީޗާތައް ފޮޅެން ފަށައިފިއެވެ.

ޖަބް ނިގާހޭން ނިގާހޯން ސެ މިލްނޭ ލަގީ

އަހަރެންގެ ލޮލާއި ކަލާގެ ލޯ ސީދާވެ ބައްދަލުވި ހިނދުގައެވެ.

ދިލް ކި ޑާލީ ޕެ ކަލިޔާން ސި ކިލްނޭ ލަގީ

ހިތުގެ ގޮފިތަކުގައި މާބަގީޗާތައް ފޮޅެން ފަށައިފިއެވެ.

ޖަބް ނިގާހޭން ނިގާހޯން ސެ މިލްނޭ ލަގީ

އަހަރެންގެ ލޮލާއި ކަލާގެ ލޯ ސީދާވެ ބައްދަލުވި ހިނދުގައެވެ.

އޭކް ދިން އިސް ތަރާ ހޯޝް ކޯ ޖާޔެންގޭ

އެއްދުވަހަކުން މިފަދަ ގޮތަކަށް ހޭބުއްދި ފިލައިގޮސް،

ޕާސް އާޔޭ ތޮ މަދުހޯޝް ހޯ ޖާޔެންގޭ

ކައިރިވެލުމުން މަސްތީ އާލަމަކަށް ގެނބިދާނެ ކަމަކަށް،

މެއިނޭ ސޯޗާ ނަ ތާ

އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ.

އޭކް ދިން އާޕް ޔޫން ހަމްކޮ މިލް ޖާޔެންގޭ

އެއްދުވަހަކުން ކަލާ ތިގޮތަށް އަހަންނާ ބައްދަލުވެދާނެ ކަމަކަށް،

ޕޫލް ހީ ޕޫލް ރާހޯ މޭ ކިލް ޖާޔެންގޭ

އަދި މަގުތަކުގައި ފިނިފެންމާތައް ފޮޅި ފުރިގެންދާނެ ކަމަކަށް،

މިވެސް ކިޔާލަން:  މޭ ދުނިޔާ ބުލާ ދޫންގާ - ދިމާނަ

މެއިނޭ ސޯޗާ ނަ ތާ

އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ.

*****

ޖަގްމަގާތީ ހުއީ ޖާގްތީ ރާތު ހޭ

ވިދާ ބަބުޅަމުންދާ ހޭލައި އޮތް ރޭގަނޑެކެވެ.

ރާތު ހޭ ޔާ ސިތާރޯން ކި ބާރާތު ހޭ

މިއީ ރޭގަނޑެއް ހެއްޔެވެ؟ ނުވަތަ ތަރިތަކުގެ މަޖިލީހެއް ހެއްޔެވެ؟

ޖަގްމަގާތީ ހުއީ ޖާގްތީ ރާތު ހޭ

ވިދާ ބަބުޅަމުންދާ ހޭލައި އޮތް ރޭގަނޑެކެވެ.

ރާތު ހޭ ޔާ ސިތާރޯން ކި ބާރާތު ހޭ

މިއީ ރޭގަނޑެއް ހެއްޔެވެ؟ ނުވަތަ ތަރިތަކުގެ މަޖިލީހެއް ހެއްޔެވެ؟

އޭކް ދިން ދިލް ކި ރާހޯ މޭ އަޕްނޭ ލިޔޭ

އެއްދުވަހަކުން ހިތުގެ މަގުތަކުގައި އަހަރެމެންނަށްޓަކައި،

ޖަލް އުޓޭންގޭ މުހައްބަތު ކޭ އިތުނޭ ދިޔޭ

ލޯބީގެ މިހާ ގިނަ ބައްތިތަކެއް ދިއްލިގެންދާނެ ކަމަކަށް،

މެއިނޭ ސޯޗާ ނަ ތާ

އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ.

އޭކް ދިން ޒިންދަގީ އިތުނި ހޯގީ ހަސީން

އެއްދުވަހަކުން ދިރިއުޅުން މިހާ ފުރިހަމަވެ، އުފާވެރިވެދާނެ ކަމަކަށް،

ޖޫމެގާ އާސްމާން ގާޔެގީ ޔޭ ޒަމީން

އަދި އުޑު އުފަލުން ނަށައި، ބިން ލަވަކިޔަން ފަށާނެ ކަމަކަށް،

މެއިނެ ސޯޗާ ނަ ތާ

އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ.

އޭކް ދިން އާޕް ޔޫން ހަމްކޮ މިލް ޖާޔެންގޭ

އެއްދުވަހަކުން ކަލާ ތިގޮތަށް އަހަންނާ ބައްދަލުވެދާނެ ކަމަކަށް،

ޕޫލް ހީ ޕޫލް ރާހޯ މޭ ކިލް ޖާޔެންގޭ

އަދި މަގުތަކުގައި ފިނިފެންމާތައް ފޮޅި ފުރިގެންދާނެ ކަމަކަށް،

މެއިނޭ ސޯޗާ ނަ ތާ

މިވެސް ކިޔާލަން:  ބަސް އޭކް ތަމަންނާ ހޭ – ދިމާނަ

އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ.

މެއިނޭ ސޯޗާ ނަ ތާ، މެއިނޭ ސޯޗާ ނަ ތާ

އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ. އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top