ދީނީ ސުވާލެއް އޮތީތަ؟
ދިމާނަ
ޖިސް ދިލް މޭ ޕިޔާރް ނާ ހޯ – ދިމާނަ
މުނިއަވަސް ގްރެފިކްސް

މިއީ 1985 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު “ޕެއިސާ ޔޭ ޕެއިސާ” ގެ ވަރަށް މަޝްހޫރުވި ލޯބީގެ ހިތާމަވެރި ލަވައެކެވެ. މަންހަރް އުދާސް އާއި އަލްކާ ޔަގްނިކްގެ އަޑުން އިވިގެންދިޔަ މި ލަވައިގެ ސޯލޯ ވާޝަނެއްވެސް ހިމެނެއެވެ. އެ ވާޝަން ކިޔާފައިވަނީ ކިޝޯރް ކުމާރެވެ.

އެމް.ޖީ ހަޝްމަތު ޅެން ތައްޔާރުކޮށްދީފައިވާ މި ލަވައިގެ މިއުޒިކަކީ އުޝާ ކަންނާގެ ހުނަރުވެރިކަމެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

ޖިސް ދިލް މޭ ޕިޔާރް ނާ ހޯ، އުސް ދިލް މޭ ކިޔޫން ރަހޫން

ލޯތްބެއް ނެތް ހިތެއްގައި އަހަރެން ދިރިއުޅެންވީ ކީއްވެ ހެއްޔެވެ؟

މޭ ޣަމް ކާ އާނސޫ ކިޔޫން ބަނޫން

އަހަރެން ހިތާމައިގެ ކަރުނައަކަށް ވާންވީ ކީއްވެ ހެއްޔެވެ؟

މޭ ޣަމް ކާ އާނސޫ ކިޔޫން ބަނޫން، އާނކޯން ސޭ ބެހެތާ ކިޔޫން ރަހޫން، ކިޔޫން ރަހޫން

އަހަރެން ހިތާމައިގެ ކަރުނައަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ އަދި ލޮލުން އޮހޮރި އޮހޮރި އަހަރެން ހުންނަންވީ ކީއްވެ ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟

ޖިސް ދިލް މޭ ޕިޔާރް ނާ ހޯ

އެއީ ލޯތްބެއް ނެތް ހިތެކެވެ.

*****

ޖިސެ ޣަރް ސަމަޖްތާ ހޫން މޭ، އުސްމޭ ކޮއީ ތޯ ހޯތާ

އަހަރެން ގެއެއް ކަމަށް މި ދެކޭ ތަނުގައި، ކޮންމެވެސް މީހަކު ހުރި ނަމައެވެ.

މިވެސް ކިޔާލަން:  އާކޯން ސޭ ތޫނޭ – ދިމާނަ

ޖިސެ ޣަރް ސަމަޖްތާ ހޫން މޭ، އުސް މޭ ކޮއީ ތޯ ހޯތާ

އަހަރެން ގެއެއް ކަމަށް މި ދެކޭ ތަނުގައި، ކޮންމެވެސް މީހަކު ހުރި ނަމައެވެ.

މެރެ ދަރްދެ ދިލް ސަމަޖްތާ، މެރެ ދުކް މޭ ސާތު ރޯތާ

އަހަރެންގެ ހިތުގެ ރިހުން ވިސްނުނުނަމައެވެ. އަދި އަހަރެންގެ ހިތާމައިގައި އަހަންނާއެކު ރުއި ނަމައެވެ.

މެރެ ދިލް ކޭ ދުޝްމަނޯ ސޭ، އިސް ދިލް ކީ ކިޔޫން ކަހޫން

މިހިތުގެ ދުޝްމަނުންނަށް، މިހިތުގެ ވާހަކަ ހާލަތު ކިޔައިދޭންވީ ކީއްކުރަން ހެއްޔެވެ؟

މޭ ޣަމް ކާ އާނސޫ ކިޔޫން ބަނޫން، އާނކޯން ސޭ ބެހެތާ ކިޔޫން ރަހޫން، ކިޔޫން ރަހޫން

އަހަރެން ހިތާމައިގެ ކަރުނައަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ އަދި ލޮލުން އޮހޮރި އޮހޮރި އަހަރެން ހުންނަންވީ ކީއްވެ ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟

ޖިސް ދިލް މޭ ޕިޔާރް ނާ ހޯ، އުސް ދިލް މޭ ކިޔޫން ރަހޫން

ލޯތްބެއް ނެތް ހިތެއްގައި އަހަރެން ދިރިއުޅެންވީ ކީއްވެ ހެއްޔެވެ؟

ޖިސް ދިލް މޭ ޕިޔާރް ނާ ހޯ

އެއީ ލޯތްބެއް ނެތް ހިތެކެވެ.

*****

ސަދުމޯ ސެ ޒިންދަގީ މޭ، ކުޗް އާގް އޭސީ ސުލްގީ

ހިތާމަތަކާއި ހިތްދަތިކަމުގެ ސަބަބުން، ދިރިއުޅުމުގައި އެފަދަ އަލިފާނެއް ރޯވެގެން ދިޔައެވެ.

ޕީކަރް ޒަހެރް ބި ދޭކާ، ނެހީ ޕިޔާސް ބުޖީ މެރެ ދިލް ކީ

ޒަހަރެއް ބޮއިގެންވެސް އަހަރެންގެ މިހިތުގެ ކަރުހިއްކުމެއް ނުފިލިއެވެ.

އިސް ޕިޔާސް މޭ ހަމޭޝާ، މޭ ތަޅަޕްތާ ކިޔޫން ރަހޫން

މިވެސް ކިޔާލަން:  މޯސަމް ކީ ތަރާ ތުމް ބީ – ދިމާނަ

މި ކަރުހިއްކުމުގެ ތެރޭގައި، އަހަރެން އަބަދު ވޭން ތަހައްމަލު ކުރަންވީ ކީއްވެ ހެއްޔެވެ؟

މޭ ޣަމް ކާ އާނސޫ ކިޔޫން ބަނޫން، އާނކޯން ސޭ ބެހެތާ ކިޔޫން ރަހޫން، ކިޔޫން ރަހޫން

އަހަރެން ހިތާމައިގެ ކަރުނައަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ އަދި ލޮލުން އޮހޮރި އޮހޮރި އަހަރެން ހުންނަންވީ ކީއްވެ ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟

ޖިސް ދިލް މޭ ޕިޔާރް ނާ ހޯ، އުސް ދިލް މޭ ކިޔޫން ރަހޫން

ލޯތްބެއް ނެތް ހިތެއްގައި އަހަރެން ދިރިއުޅެންވީ ކީއްވެ ހެއްޔެވެ؟

ޖިސް ދިލް މޭ ޕިޔާރް ނާ ހޯ

އެއީ ލޯތްބެއް ނެތް ހިތެކެވެ.

*****

ދަމް ގުޓް ރަހާ ހޭ މޭރާ، ނަފުރަތު ބަރީ ހަވާ މޭ

ނަފުރަތުން ފުރިފައިވާ ވައިގެ ތެރޭގައި އަހަރެންގެ ނޭވާ ހާސްވަނީއެވެ.

އިތުނީ ބަޅީ ސަޒާ ދީ، އެކް ޕިޔާރް ކީ ޚަތާ ނޭ

އެހާ ބޮޑު ސަޒާއެއް ތި ދިނީ ލޯބީގައި ވެވުނު އެންމެ ކުށަކުންނެވެ.

ޕިރް ޕިޔާރް ކީ ޚަތާޔޭން، މޭ ކަރްތާ ކިޔޫން ރަހޫން

ދެން އަނެއްކާވެސް ލޯބީގެ އެ ކުށްތައް އަހަރެން ތަކުރާރުކުރަންވީ ކީއްވެ ހެއްޔެވެ؟

މޭ ޣަމް ކާ އާނސޫ ކިޔޫން ބަނޫން، އާނކޯން ސޭ ބެހެތާ ކިޔޫން ރަހޫން، ކިޔޫން ރަހޫން

އަހަރެން ހިތާމައިގެ ކަރުނައަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ އަދި ލޮލުން އޮހޮރި އޮހޮރި އަހަރެން ހުންނަންވީ ކީއްވެ ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟

ޖިސް ދިލް މޭ ޕިޔާރް ނާ ހޯ، އުސް ދިލް މޭ ކިޔޫން ރަހޫން

މިވެސް ކިޔާލަން:  ބާދަލޯން މޭ ޗުޕް ރަހާ ހޭ – ދިމާނަ

ލޯތްބެއް ނެތް ހިތެއްގައި އަހަރެން ދިރިއުޅެންވީ ކީއްވެ ހެއްޔެވެ؟

ޖިސް ދިލް މޭ ޕިޔާރް ނާ ހޯ

އެއީ ލޯތްބެއް ނެތް ހިތެކެވެ.

*****

މެއިނޭ ބި ޒިންދަގީ މޭ، ބަސް ނާމް ޔޭ ކަމާޔާ

އަހަރެންވެސް ދިރިއުޅުމުގައި ހަމައެކަނި ހޯދީ މި ނަމެވެ.

ޚުޝިޔޯން ކި އާރްޒޫ މޭ، ޣަމް ކޯ ގަލޭ ލަގާޔާ

އުފާވެރިކަމަށް އެދުމުގެ ތެރޭގައި، ހިތާމަޔާ އަހަރެން ބައްދައިލީމެވެ.

ކިޔާ ގުޒްރީ މޭރެ ދިލް ޕޭ، މޭ ކިސީސޭ ކިޔޫން ކަހޫން

އަހަރެންގެ ހިތަށް ވީ ކީއްކަން އެހެން މީހަކަށް ކިޔައިދޭންވީ ކީއްކުރަން ހެއްޔެވެ؟

ކިޔާ ގުޒްރީ މޭރެ ދިލް ޕޭ، މޭ ކިސީސޭ ކިޔޫން ކަހޫން

އަހަރެންގެ ހިތަށް ވީ ކީއްކަން އެހެން މީހަކަށް ކިޔައިދޭންވީ ކީއްކުރަން ހެއްޔެވެ؟

މޭ ޣަމް ކާ އާނސޫ ކިޔޫން ބަނޫން

އަހަރެން ހިތާމައިގެ ކަރުނައަކަށް ވާންވީ ކީއްވެ ހެއްޔެވެ؟

މޭ ޣަމް ކާ އާނސޫ ކިޔޫން ބަނޫން، އާނކޯން ސޭ ބެހެތާ ކިޔޫން ރަހޫން، ކިޔޫން ރަހޫން

އަހަރެން ހިތާމައިގެ ކަރުނައަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ އަދި ލޮލުން އޮހޮރި އޮހޮރި އަހަރެން ހުންނަންވީ ކީއްވެ ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟

ޖިސް ދިލް މޭ ޕިޔާރް ނާ ހޯ، އުސް ދިލް މޭ ކިޔޫން ރަހޫން

ލޯތްބެއް ނެތް ހިތެއްގައި އަހަރެން ދިރިއުޅެންވީ ކީއްވެ ހެއްޔެވެ؟

ޖިސް ދިލް މޭ ޕިޔާރް ނާ ހޯ

އެއީ ލޯތްބެއް ނެތް ހިތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top