ދީނީ ސުވާލެއް އޮތީތަ؟
ދިމާނަ
މޯސަމް ކީ ތަރާ ތުމް ބީ – ދިމާނަ
މުނިއަވަސް ގްރެފިކްސް

1999 ވަނަ އަހަރު ރިލީޒްކުރި މަޤުބޫލު ހިންދީ ފިލްމު “ޖާންވަރު” ގެ “މޯސަމް ކީ ތަރާ ތުމް ބީ ބަދަލް ތޯ ނަ ޖާއޯގޭ” އަކީ އެ ޒަމާނުގެ ފާހަގަކޮށްލެވޭ އެންމެ ރީތި އެއް ލަވައެވެ.

މި ލަވައަކީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ އާނަންދު-މިލިންދުގެ ފުރިހަމަ މިއުޒިކަށް، ސަމީރު ހަދާފައިވާ އަސަރުގަދަ ޅެމެކެވެ. ލަވައިގެ އަޑުގެ ވެރިންނަކީ 90 ގެ އަހަރުތަކުގެ ކާމިޔާބު ދެ ލަވަކިޔުންތެރިން ކަމަށްވާ އަލްކާ ޔަގްނިކް އަދި މަންހަރު އުދާސް އެވެ.

ލަވަކިޔުންތެރިންގެ އަސަރުގަދަ އަޑާއި، މިއުޒިކުގެ މަޑުމައިތިރި ރާގުން މި ލަވައަށް އާދަޔާ ޚިލާފު ދިރުމެއް ގެނެސްދެއެވެ. އަކްޝޭ ކުމާރު އަދި ކަރިސްމާ ކަޕޫރުގެ މޮޅު އެކްޓިންއާ އެކުގައެވެ. ދެ ތަރިންގެ މެދުގައި އޮތް ކެމިސްޓްރީއާއި، މަންޒަރުތައް ނަގާފައިވާ ޤުދުރަތީ ރީތި މާހައުލުގެ ސަބަބުން ލަވައިގެ ފުރިހަމަކަން އިތުރުވެގެން ދެއެވެ. ޚާއްސަކޮށް ފިލްމުގެ ވާހަކައިގެ ތެރެއިން ދެ ލޯބިވެރިންގެ މެދުގައި އޮންނަ ގާތްކަމާއި އެކަކު އަނެކަކަށް ކުރާ އިތުބާރު މި ލަވައިން ވަރަށް ފުރިހަމައަށް ތަމްސީލުކޮށްދެއެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

ދުނިޔާ ކީ ތަރާ، ރަސްމޯ ކީ ތަރާ

ދުނިޔެއާއި އާދަކާދަތަކާ އެއްފަދައިން،

ވާދޯ ކީ ތަރާ، ކަސްމޯ ކީ ތަރާ

ވަޢުދުތަކާއި އަހުދުތަކާ އެއްފަދައިން،

މޯސަމް ކީ ތަރާ ތުމް ބީ ބަދަލް ތޯ ނަ ޖާއޯގޭ

މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކަލާވެސް ބަދަލުވެދާނެ ހެއްޔެވެ؟

މޯސަމް ކީ ތަރާ ތުމް ބީ ބަދަލް ތޯ ނަ ޖާއޯގޭ

މިވެސް ކިޔާލަން:  ބާދަލޯން މޭ ޗުޕް ރަހާ ހޭ – ދިމާނަ

މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކަލާވެސް ބަދަލުވެދާނެ ހެއްޔެވެ؟

ދުނިޔާ ބަދަލްތީ ހޭ، މޯސަމް ބަދަލްތޭ ހޭ

ދުނިޔެ ބަދަލުވެއެވެ. މޫސުންތައްވެސް ބަދަލުވެއެވެ.

ލޭކިން މެރޭ ދިލް ކޯ ބަދަލް ނެހީ ޕާއޯގޭ

ނަމަވެސް އަހަރެންގެ ހިތް ބަދަލެއް ނުކުރެވޭނެއެވެ.

މޯސަމް ކީ ތަރާ ތުމް ބީ ބަދަލް ތޯ ނަ ޖާއޯގޭ

މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކަލާވެސް ބަދަލުވެދާނެ ހެއްޔެވެ؟

މޯސަމް ކީ ތަރާ ތުމް ބީ ބަދަލް ތޯ ނަ ޖާއޯގޭ

މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކަލާވެސް ބަދަލުވެދާނެ ހެއްޔެވެ؟

*****

އާސްމާނޯ ކޭ އާގޭ ތުމްނޭ ވާދާ ކިޔާ ހޭ

އުޑުތަކުގެ ކުރިމަތީގައި ކަލާ ވަނީ ވަޢުދުވެފައެވެ.

ދިލް ކޭ ބަދްލޭ މޭ މެއިނޭ ޕިޔާރް ތުމްކޯ ދިޔާ ހޭ

ހިތުގެ ބަދަލުގައި އަހަރެން ކަލާއަށް ދިނީ ލޯތްބެވެ.

ދަރްތީ ކީ އަމްބަރް ކީ ކަސަމް، މުޖްކޯ ހޭ ތޭރޭ ސަރް ކީ ކަސަމް

ބިމާއި އުޑު ގަންދީ އަދި ކަލާގެ ބޮލުގައި އަތްލައި ހުވާކޮށް ބުނަމެވެ.

ނަޒްރޭ ބަދަލްތީ ހޭ، ސަޕްނޭ ބަދަލްތޭ ހޭ

ނަޒަރުތައް ބަދަލުވެއެވެ. ހުވަފެންތައްވެސް ބަދަލުވެއެވެ.

ލޭކިން މެރީ ދަޅްކަން ކޯ ތުމް ދަޅްކާއޯގޭ

ނަމަވެސް އަހަރެންގެ ހިތުގައި ވިންދު ޖަހާނީ ކަލާއަށްޓަކައެވެ.

މޯސަމް ކީ ތަރާ ތުމް ބީ ބަދަލް ތޯ ނަ ޖާއޯގޭ

މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކަލާވެސް ބަދަލުވެދާނެ ހެއްޔެވެ؟

މޯސަމް ކީ ތަރާ ތުމް ބީ ބަދަލް ތޯ ނަ ޖާއޯގޭ

މިވެސް ކިޔާލަން:  ދިލް މެރާ ތޯޅް ދިޔާ އުސްނޭ - ދިމާނަ

މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކަލާވެސް ބަދަލުވެދާނެ ހެއްޔެވެ؟

*****

މޭރީ ޕެހެލީ ތަމަންނާ އާޚްރީ ޕިޔާރް ހޯ ތުމް

އަހަރެންގެ ފުރަތަމަ އެދުމަކީވެސް އަދި އެންމެ ފަހުގެ ލޯތްބަކީވެސް ތިޔައީއެވެ.

ރޫހް މޭ ބަސް ގަޔޭ ހޯ މޭރޭ ދިލްދާރް ހޯ ތުމް

އަހަރެންގެ ފުރާނައިގެ ތެރޭގައި ވަޒަންވެރިވެފައިވާ ލޯބިވެރިޔަކީ ތިޔައީއެވެ.

އޭސޭ ހީ ތުމްހޭ ޗާހޫންގާ މޭ، ތުމްހޭ ދުލްހަން ބީ ބަނާއޫންގާ މޭ

މިގޮތުގައި ކަލާދެކެ އަބަދުވެސް ލޯބިވާނަމެވެ. އަދި ކަލާ އަހަރެންގެ އަނބިމީހާއަށް ހަދާނަމެވެ.

ސެހެރޭ ބަދަލްތޭ ހޭ، ޚުޝްބޫ ބަދަލްތީ ހޭ

މާފަތިތައް ބަދަލުވެއެވެ. މީރުވަސްތައް ބަދަލުވެއެވެ.

ޕަލް ޕަލް މެރީ ސާސޯން ކޯ ތުމް މެހެކާއޯގޭ

ނަމަވެސް ކޮންމެ ސިކުންތަކު އަހަރެންގެ ނޭވާ މީރުވަސް ދުއްވާނީ ކަލާގެ ސަބަބުންނެވެ.

މޯސަމް ކީ ތަރާ ތުމް ބީ ބަދަލް ތޯ ނަ ޖާއޯގޭ

މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކަލާވެސް ބަދަލުވެދާނެ ހެއްޔެވެ؟

މޯސަމް ކީ ތަރާ ތުމް ބީ ބަދަލް ތޯ ނަ ޖާއޯގޭ

މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކަލާވެސް ބަދަލުވެދާނެ ހެއްޔެވެ؟

*****

ތުމްނޭ ދޯކާ ދިޔާ ތޯ ކުޗް ބީ ކަރް ޖާއޫންގީ މޭ

ކަލާ އަހަރެންނަށް އޮޅުވާލައިފިނަމަ، ކޮންމެ ފަދަ ކަމެއްވެސް އަހަރެން ކޮށްފާނަމެވެ.

ތުމް ޖުދާ ޖޯ ހުއޭ ތޯ ދޭކޯ މަރް ޖާއޫންގީ މޭ

ކަލާ އަހަރެންނާ ވަކިވެއްޖެނަމަ، އަހަރެން މަރުވެދާނެއެވެ.

މޭރީ މަންޒިލް ތޭރީ ރާހޯން މޭ ހޭ، މޭރީ ޖަންނަތު ތޭރީ ބާހޯން މޭ ހޭ

މިވެސް ކިޔާލަން:  ދިލް ޖަބް ސޭ ޓޫޓް ގަޔާ – ދިމާނަ

އަހަރެންގެ މަންޒިލް ވަނީ ކަލާގެ މަގުތަކުގައެވެ. އަދި އަހަރެންގެ ޖަންނަތު ވަނީ ކަލާގެ އަތުތެރޭގައެވެ.

ރާހޭ ބަދަލްތޭ ހޭ، ރަސްތޭ ބަދަލްތޭ ހޭ

މަގުތައް ބަދަލުވެއެވެ. މިސްރާބުތައްވެސް ބަދަލުވެއެވެ.

މޭ ދޯޅްކޭ އާއޫންގާ ޖޯ މުޖްކޯ ބުލާއޯގޭ

ކަލާ އަހަރެން މަތިން ހަނދާން ނައްތާލިޔަސް، އަހަރެން ދުވެފައި ކަލާގެ ގާތަށް އަންނާނަމެވެ.

މޯސަމް ކީ ތަރާ ތުމް ބީ ބަދަލް ތޯ ނަ ޖާއޯގޭ

މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކަލާވެސް ބަދަލުވެދާނެ ހެއްޔެވެ؟

މޯސަމް ކީ ތަރާ ތުމް ބީ ބަދަލް ތޯ ނަ ޖާއޯގޭ

މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކަލާވެސް ބަދަލުވެދާނެ ހެއްޔެވެ؟

ބަދަލް ތޯ ނަ ޖާއޯގޭ، ބަދަލް ތޯ ނަ ޖާއޯގޭ، ބަދަލް ތޯ ނަ ޖާއޯގޭ

ކަލާ ބަދަލުވެދާނެ ހެއްޔެވެ؟ ބަދަލުވެދާނެ ހެއްޔެވެ؟ ބަދަލުވެދާނެ ހެއްޔެވެ؟

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top