ރޭޕްކުރުމާ، ޖިންސީ ގޯނާއާއި، ދިވެހި ފިލްމު އެސޯސިއޭޝަނުންވެސް ދެކޮޅުކަމަށާއި މިފަދަ ކޮންމެ ކަމެއްގައި އެމްއެފްއޭ އިން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި އެ އެސޯސިއޭޝަނުން ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފިއެވެ.
ފިލްމު އެސޯސިއޭޝަނުން މިހެން ބުނީ މީގެ ކުޑައިރުކޮޅެއް ކުރިން މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން މުނިއަވަސް އާއި ބައެއް އޮންލައިންތައް އަދި ދިވެހި ފުލުހުންނަށް ޓެގްކޮށް ކުރި ޓްވީޓެއްގައެވެ.
ދިވެހި ފިލްމު އެސޯސިއޭޝަނުން މިހެން ބުނެފައި މިވަނީ ރާއްޖޭގެ ފިލްމީތަރި ޖުމައްޔިލް ނިމާލާމެދު ރޭޕްގެ ތުހުމަތުކޮށް މީސްމީޑިއާގައި އަޑުގަދަވެފައި ވަނިކޮށް، ޖުމައްޔިލްގެ ގިނަ ފިލްމުތައް އުފައްދާފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ކުރިއަށް ހުރި ފިލްމުތަކުން ޖުމައްޔިލް ވަކިކޮށްފައިވާ ކަމަށް ބުނެ މިއަދު މެންދުރުފަހު ނޫސްބަޔާނެއް ނެރެފައިވަނިކޮށެވެ.

ދިވެހި ފިލްމު އެސޯސިއޭޝަނުން ކުރި ޓްވީޓްގެ ސްކްރީން ޝޮޓެއް
މީގެ އިތުރުން މި ދުވަސްވަރަކީ ރޭޕްގެ މައްސަލައެއް ފެންމަތިވެ، އިތުރު ރޭޕް ކޭސްތަކުގެ އަޑުވެސް ގަދަވެފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!