ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔުނައިޓެޑް ވައްޓާލުމަށް ފަހު، އިނގެރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބަކަށް ލިވަޕޫލް

30 އަހަރަށް ފަހު، ކާމިޔާބުކުރި ޕްރިމިއަރ ލީގުގެ ތައްޓާއެކު، ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ވައްޓާލާ އިނގެރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބުގެ ޝަރަފު ލިވަޕޫލް ހޯދައިފިއެވެ.

1888 ވަނަ އަހަރު އިނގިރޭސި ލީގު ފެށުނު ފަހުން ލިވަޕޫލުން ވަނީ ޖުމުލަ 43 ޓްރޮފީ ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި 19 ލީގު ޓްރޮފީ އާއި، 7 އެފްއޭ ކަޕާއި، 8 ލީގު ކަޕާއި، 6  ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން،  ޔޫރަޕުގެ އެހެން ތިން ޓްރޮފީ އެއް ހިމެނެއެވެ. ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑަށް ކާމިޔާބުކުރެވިފައި ވަނީ ޖުމުލަ 42 ޓްރޮފީ އެވެ.

30 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، ލިވަޕޫލް އާއި، އެކުލަބުގެ ސަޕޯޓަރުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެފައިވާއިރު، މި ބޮޑު ކާމިޔާބީގެ ހަޤީޤީ މޭސްތިރި އަކީ އެކުލަބުގެ ކޯޗު ޖާގެން ކްލޮޕެވެ. ލިވަޕޫލްގެ ކޯޗުކަމުގެ މަގާމާ ކްލޮޕް ހަވާލުވުމަށް ފަހު، އެޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ. ލިވަޕޫލް ކޯޗުކަމާ ކްލޮޮޕް ހަވާލުވީ އެ ކުލަބުގެ ފުޓްބޯޅައާ ސީދާ ގުޅުންހުރި ހުރި ހުރިހާ ކަމެއްގައި އޭނާގެ ބަސްވިކޭ ގޮތަށް އޮތުމަށް އެ ކުލަބުގެ ވެރިން އެއްބަސްވުމުންނެވެ. ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، އެ ކުލަބަށް ޓެކްނިކަލް ޑިރެކްޓަރެއް ހަމަޖެއްސުމުގެ އިތުރުން ޒުވާން ކުޅުންތެރިންގެ ސިސްޓަމަށް ބަދަލުތަކެއް ގެނެސް ކްލޮޕް ވަނީ އެކަންކަން ހަރުދަނާކޮށްފައެވެ. ޒަމާނުއްސުރެން އެ ކުލަބުން ގެންގުޅެމުން އައި ޓްރާންސްފަރ ޕޮލިސީ އަށް ވެސް ކްލޮޕް ހަވާލުވި ފަހުން ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.

08 އޮކްޓޯބަރު 2015 ވަނަ ދުވަހުގައި އެކަލަބުގެ ކޯޗުކަމާ ކްލޮޕް ހަވާލުވިއިރު، އޭނާ ބުނެފައި ވަނީ އޭނާގެ އަމާޒަކީ ކޮންމެވެސް އެއް މުބާރާތެއް ލިވަޕޫލަށް ކާމިޔާބުކޮށްދިނުން ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލް މިވަނީ  ޔުއެފާ ޗެމްޕިއަންސް ލީގާއި،  ޔުއެފާ ސުޕަރ ކަޕުގެ އިތުރުން، އެ ކުލަބުގެ ތާރީޚުގައި އަލަށް ފީފާ ކުލަބު ވޯލްޑް ކަޕާއި، އިނގެރޭސި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top