ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމީތާބު ކޯވިޑަށް ފައްސިވެ ހޮސްޕިޓަލްގައި އެނދުމަތިކޮށްފި

ބޮލީވުޑްގެ މެގަސްޓަރ އަމީތާބު ބައްޗަން ކޯވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލްގައި އެނދުމަތިކޮށްފިއެވެ. އަމީތާބު އެނދުމަތިކޮށްފައިވަނީ މުމްބާއީގެ ނާނަވަތީ ހޮސްޕިޓަލްގައެވެ.

ކޮވިޑް-19 އަށް އަމީތާބު ފައްސިވިކަން އަންގާފައިވަނީ އަމިއްލަ ޓްވިޓަރ އެކައުންޓް މެދުވެރިކޮށެވެ. އަމީތާބު ކުރި ޓްވީޓްގައި ބުނެފައިވަނީ އޭނާ ކޮވިޑަށް ފައްސިވުމުން ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި އާއިލާ މީހުންނާއި މުވައްޒަފުންގެ ސާމްޕަލް ނަގާފައިވާކަމަށާއި ނަތީޖާގެ އިންތިޒާރުގައި ތިބިކަމަށެވެ.

ވޭތިވެދިޔަ 10 ދުވަސްތެރޭ އަމީތާބާއި ކައިރިން ބައްދަލުވި އެންމެން ޓެސްޓްކުރުމަށް ވެސް އެދިފައި ވެއެވެ. ޑޮކްޓަރުންނާއި ހަވާލީ އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުން ބަލީގެ އަލާމަތްތައް ފެނިގެން އަމިއްލައަށް ގޭގައި އެކަހެރިވެގެން ހުރި އަމީތާބު ހޮސްޕިޓަލަށް ބަދަލުކުރީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top