ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާޒް ތަޖޫ އާއިލާގެ ގިނަބަޔަކު ކޮވިޑަށް ފައްސިވެއްޖެ

ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަދި ދިވެހި ސިފައިންގެ ފައުޖުގައި ޚިދުމަތްކޮށްފައިވާ އަޙްމަދު ޝާޒް (ތަޖޫބެ)ގެ އާއިލާގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޝާޒްގެ ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ އެއްބަނޑު މީހުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށާއި ފައްސިވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

“އެއްބަނޑު ކުދިންނާއި އެކުދިންގެ ދަރިން އަނބިން ހިމެނޭގޮތަށް މުޅި އާއިލާ ކަހަލަ ގޮތަކަށް އަޅުގަނޑު އާއިލާއިން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި ދަނޑިވަޅުގައި ވީހާވެސް ގިނަ ބޭފުޅުން ދުޢާކޮށްދެއްވާ. ޔާﷲ، އަވަސް ޝިފާއަކާއި ވަރުގަދަ އީމާނަކާއި ގަދަ ހިތްވަރެއް މުޅި އާއިލާއަށް ދެއްވާށި. އާމީން.” ޝާޒްގެ ފޭސްބްކް ސްޓޭޓަސްގައި ލިޔެފައިވެއެވެ.

މިމަހު 11 ވަނަ ދުވަހު ޝާޒް ޖަހާފައިވާ ޕޯސްޓްގެ ސްނިޕެއް

ޝާޒްގެ އާއިލާ އިން ކޮވިޑް-19 އަށް ފައްސިވެފައިވަނީ ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ އާއިލާގެ 12 ވަރަކަށް މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮވިޑް-19 އަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުރަބަންދުގައި ގޭގައި ހުރެގެން ޝާޒް އަމިއްލައަށް ބައެއް ވީޑިއޯ ކްލިޕްތައް ހަދައި ފޭސްބްކްގައި ޖަހާފައިވާކަން ފާހަގަކޮށްލެވެއެވެ.

https://www.facebook.com/thajooshaz/videos/2910248689202447/

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top