ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް ޖެހިގެން 14 ވަނަ މީހާ ނިޔާވެއްޖެ

ރާއްޖޭގައި ކޮވިޑް-19އަށް ފަރުވާ ދެމުންދިޔަ ޢުމުރުން 79 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. މިއީ ރާއްޖޭގައި މި ބަލީގައި ނިޔާވި 14 ވަނަ މީހާއެވެ.

މި އަންހެން މިހާ ނިޔާވީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހަވީރު 05:05 ގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވެއެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް 14 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 6 ބިދޭސީންނެވެ. ނިޔާވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 5 މީހަކާއި ޕިލިޕީންސްގެ ރައްޔިތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top