ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބިލެތްދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ފ. ބިލެތްދޫގައި މަސައްކަތްކުރާ ފުލުހުން އިންތިޒާމުކޮށް އެރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

ބިލެތްދޫ ކައުންސިލާއި ބިލެތްދޫ ހެލްތު ސެންޓަރުގެ އެހީތެރިކަމާއެކު ފުލުހުން ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ ބިލެތްދޫ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި ފުލުހުންނާއި އާއްމު ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ  ޕްރޮގްރާމެކެވެ.

ޖުލައި 15 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިޖުތިމާއީ ގައިދުރުކަން ދަމަހައްޓައިގެންނެވެ. މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ފ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމަރެވެ.

މި ޕްރޮގްރާމުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކުރަންވީ ކަންތައްތަކާއި، ކެއުން ބަހައްޓަންވީ ގޮތްތަކާއި ކަސްރަތު މުހިންމުކަމާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތައް އުނގަންނައި ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޖުމްލަ 61 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މުދައްރިބެއްގެ ގޮތުން ހަރަކާތްތެރިވަނީ ނިލަންދޫ ޔޫތު ސެންޓަރުގެ ސްޕޯޓްސް ކައުންސެލަރ ޒީނާ އިސްމާއީލް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top