ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދަލާސް” ގެ ޓްރެއިލަރ ނެރެފި

ހިތްގައިމު ލަވަތަކެއް ގެނެސްދެމުން އަންނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުގެ ސޯލޯ އަލްބަމް “ދަލާސް”ގެ ޓައިޓްލް ލަވައިގެ ޓްރެއިލާ ނެރެފިއެވެ.

އަޙްމަދު އިސްމާޢީލްގެ ޅެމާއި ރާގަކަށް ޙުސައިން ސޮބާހް މިއުޒިކް ތައްޔާރުކޮށްދީފައިވާއިރު ލަވަ ކިޔާފައިވަނީ މުޙައްމަދު ރިއްފަތެވެ.

އަޙްމަދު ޢީސަ (އާނަންދު) އަދި ފާޠިމަތު އާޒިފާ (އަޒޫ) އެކްޓްކޮށްފައިވާ މި ލަވަ ކެމެރާކޮށްފައިވަނީ މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) އެވެ. ޒީނަތު އައްބާސްއާއި ޢަބްދުލް ފައްތާޙް މޭކަޕްކޮށްދީފައިވާ މި ލަވައަކީ މިހާރު ފިލްމީ ދާއިރާއާއި ދުރުގައި ހުރި ޢަބްދުލް ފައްތާޙްގެ ޑައިރެކްޝަނެކެވެ.

https://www.facebook.com/100000553819092/posts/3616985138329911/?d=n

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top