ގޭގައި ތިބެ، ފަސޭހަކަމާއެކު ހެއާރ ކެެއާރ މާސްކެއް ހަދާލަން ބޭނުންހެއްޔެވެ؟ މި ކިޔައިދެނީ ގޭތެރެއިން ލިބެންހުންނަ ބައެއް ތަކެތިން ހެއާރ ކެެއާރ މާސްކެއް ހަދާނެ ގޮތެވެ.
ހެއާރ ކެެއާރ މާސްކަކީ އިސްތަށިގަނޑަށް އޮފުކަމާއި ތާޒާކަން ގެނެސްދޭ އެއްޗެކެވެ. މީގެ އިތުރުން އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތަށި ފެޅުމާއި ދިގުވުން އަވަސްކޮށްދެއެވެ.
ބައެއް މާސްކުތަކަކީ ވަކި ކަމަކަށް އަމާޒުކޮށް ތައްޔާރުކުރެވޭ މާސްކެވެ. އެގޮތުން އިސްތަށި ފޭބުން ހުއްޓުވުމަށް، ފުހުރުވުން ކުޑަކުރުމަށް، ކަފިވުން ހުއްޓުވުމަށް ވެސް މާސްކު ތައްޔާރުކުރެއެވެ.
ބޭނުންވާނެ ތަކެތި:-
2 ސައިސަމުސާ ކާށިތެޔޮ
2 ސައިސަމުސާ ޔޯގަޓް
3 ނުވަތަ 4 ވިޓަމިން-އީ ކެޕްސޫލް (އިސްތަށިގަނޑުގެ ދިގުމިނަށް ބަލާފައި)
ތައްޔާރުކުރާނެ ގޮތް:-
– ބޮނޑުތަށްޓެއްގައި، ހުރިހައި ތަކެތި ރަނގަޅަށް އެއްކުރާށެވެ. ޕޭސްޓަކަށް ވަންދެން ގަށަން ވާނެއެވެ.
– ގަށާފައި ހުރި ޕޭސްޓް، އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑުގައި ހާކައި 15 މިނެޓް ވަންދެން މަސާޖުކުރާށެވެ.
– ޝަވަރ ކެޕެއް އަޅައި، އިސްތަށިގަނޑު ފޮރުވާލާށެވެ. 8 ވަރަކަށް ގަޑިއިރު ފަހުން ޝޭމްޕޫއާއި ކޮންޑިޝަނަރ އެއް ލައިގެން ބޯ ދޮންނާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




