ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނާގިން 5” ދައްކަން ފަށާ ތާރީޚް މިއޮތީ!

ކަލާޒް ޗެނެލުން ގެނެސްދޭ އެކްތާ ކަޕޫރްގެ މަގުބޫލު ސިލްސިލާ “ނާގިން 5” އަށް އިންތިޒާރު ކުރަމުން އަންނަ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރަކަށް ވާނެކަން ގައިމެވެ. “ނާގިން 5” ދައްކަން ފަށާނެ ތާރީޚް މިހާރު މިއޮތީ ހާމަކޮށްފައެވެ.

“ނާގިން 5” ދައްކަން ފަށާނީ 09 އޮގަސްޓް 2020 ގައެވެ. މީގެ އެންމެ ތިން ދުވަސް ފަހުންނެވެ. ސީރީޒްގެ ކުރު ޕްރޮމޯ ކްލިޕެއް މިހާރު ދޫކޮށްލާފައި ވާއިރު، އެއިން ފެންނަނީ ހީނާ ޚާން އެވެ. ހީނާ އަކީ ބާރުގަދަ އިއްޗާދާރީ ނާގިން އެއްގެ ގޮތުގައި ދައްކާފައިވެއެވެ.

 

View this post on Instagram

 

A post shared by Colors TV (@colorstv) on

2015 އިން ފެށިގެން ބާލާޖީ ޓެލެފިލްމްސްގެ ކުޑަދަށުން ޕްރޮޑިއުސަރު އެކްތާ ކަޕޫރް ގެނެސްދެމުން އަންނަ ސުޕަނެޗްރަލް ސިލްސިލާގެ މި ސީޒަނުގެ މައި ބަތަލަކީ މި ފަހަރު ދީރަޖް ދޫޕަރެވެ. އޭނާއާ އެކު “ނާގިން 5” އިން ހީނާ އާއި މޯހިތު ވެސް ފެނިގެންދާނެއެވެ.

 

View this post on Instagram

 

A post shared by Colors TV (@colorstv) on

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top