2019 ވަނަ އަހަރު ދިވެހިސިނަމާއަށް ރިލީޒްކުރި ފިލްމުތަކުން އެންމެ މޮޅު އެއް ފިލްމު “ބަވަތި” ގެނެސްދިން ’އައި ފިލްމްސް’ގެ ދެވަނަ ފިލްމު “ނީނާ“ގެ ޓީޒާ ޓްރެއިލާއެއް އާއްމުކޮށްފިއެވެ.
ފިލްމު “ނީނާ“ގެ ޓީޒާ ޓްރެއިލާއިން ފިލްމުގެ މައިގަނޑު ކާސްޓުން ފެނިގެންދާއިރު، ފިލްމުގެ މައި ލީޑް ނުޒުހަތު ޝުޢައިބު (ނުޒޫ)ގެ ތަފާތު ލުކްސްތަކެއް ފެނިގެންދެއެވެ. މި ފިލްމުގައި ނުޒޫގެ މާޝަލް އާޓްސް ފައިޓްތަކެއް ފެނިގެންދާނެ ކަން ހާމަކޮށްފައި ވާއިރު، ޓީޒާ ޓްރެއިލާއިން ނުޒޫގެ ފައިޓް ސީންއެއްގެ ތަންކޮޅެއްވެސް ފެނިގެންދެއެވެ.
ފިލްމުގެ ލީޑް ނުޒުޙަތު ޝުޢައިބް (ނުޒޫ)ގެ އިތުރުން ޝަރަފް ޢަބްދުﷲ (ޝަރަފް)، މަރިޔަމް ރަޝީދާ. ޝަކީލާ، ހަމްދޫން ފާރޫޤްގެ އިތުރުން ޢަލީ ޔޫޝަޢު ފަދަ މުހިންމު ތަރިން ފެނިގެންދެއެވެ.
ބޮޑު ކާސްޓެއް ހިމެނޭ ”ނީނާ”ގައި އިތުރަށް ހަރަކާތްތެރިވަނީ ޖުމައްޔިލް ނިމާލް، އާދަމް ރިޒްވީ (ރެކްސް)، ނަތާޝާ ޖަލީލް، ޢަލީ އިނާޒް، އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި އައިޝާ އަލީ ހިމެނެއެވެ.
“ނީނާ” ލިޔެ ޑައިރެކްޓްކުރަނީ “ބަވަތި” ވެސް ލިޔެ ޑައިރެކްޓްކުރި އިލްޔާސް ވަހީދު (އިއްލެ) އެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ”ބަވަތި“ގެ ފިރިހެން ލީޑް އެކްޓަރ އިފްނާޒް އެވެ. ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރަނީ އޯކޭޒްއިންކް އިންނެވެ. ކެމެރާކޮށްފައިވަނީ ވިޝާން (ކަނޑި) އެވެ.
މިފަހަރު ވެސް ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އަދި އަހުމަދު ވަހީދެވެ.
ފިލްމު “ނީނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ. މުނިއަވަސް އިން ވަނީ އައި ފިލްމްސްގެ ފުރަތަމަ ފިލްމު ”ބަވަތި“ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ވެސް ކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި