”މުނިއަވަސް މަދަހަ މުބާރާތް 1441″ގައި ބައިވެރިވެ، ވީޑިއޯ ފޮނުވި ބައިވެރިންގެ ވީޑިއޯތައް މުނިއަވަސްގެ ފޭސްބްކް ޕޭޖްގައި މިއަދު އާއްމުކޮށްފިއެވެ.
މުނިވަސް އޮންލައިން ނޫހުގެ ފަރާތުން އިންތިޒާމުކޮށްގެން، ”އިއްޔާ ރެކޯޑްސް“ގެ ހެޔޮއެދުންތަކާއެކު ބާއްވާ މި މުބާރާތުގެ ވީޑިއޯތައް އާއްމުކޮށްފައި މިވަނީ މުނިއަވަސްގެ ކިޔުންތެރިންގެ އެންމެ މަޤުބޫލު ކިޔެވުން ހޮވުމަށެވެ. މި ވަނަ ހޮވުމަށް ހަމަޖެހިފައިވާ ގޮތަކީ މުބާރާތުގެ ހުރިހައި ކިޔެވުމެއް މުނިއަވަސްގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުމަށްފަހު އެންމެގިނަ ލައިކްސް/ހާރޓްސް ލިބޭ ކިޔެވުމަކަށެވެ. މި ވަނަ ހޮވުމުގައި ޖަޖުންގެ މާކްސް އަށް ބެލުމަށް ހަމަޖެހިފައެއް ނުވެއެވެ. ކޮންމެ އުމުރު ފުރާއަކުން މި ވަނައަށް ހޮވޭ ކުއްޖަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
ވީޑިއޯތަކަށް ލައިކްސް/ހާރޓްސް ދިނުމަށް ލިބޭނީ ‘ވީޑިއޯ އަޕްލޯޑް ކުރެވުނު ވަގުތުން’ ފެށިގެން 10 ދުވަހުގެ މުއްދަތެވެ. އޭގެ ފަހުން ވީޑިއޯތަކަށް ލައިކްސް/ހާރޓްސް އާއި ޝެއާރޒް ނުދެވޭގޮތަށް ހަދާނެއެވެ.
ލައިކްސް/ހާރޓްސް ބަލާނީ އޮރިޖިނަލް ޕޯސްޓަށް ލިބިފައިވާ ލައިކްސް/ހާރޓްސް އަށެވެ. މި ބައިތައް އިވެލުއޭޓްކުރާނީ ފޭސްބްކް ކްރިއޭޓަރ ސްޓޫޑިއޯއަށް ބަލައިގެންނެވެ.
މި މުބާރާތުގައި ބައިވެރިކޮށްފައިވަނީ:
– 06 އަހަރާއި 09 އަހަރާ ދެމެދުގެ އުމުރުފުރާ
– 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ
– 14 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ ތަކުގެ ކުދިންނެވެ.
މުނިއަވަސްގެ ކިޔުންތެރިންގެ އެންމެ މަޤުބޫލު ކިޔެވުން ހޮވުމުގެ އިތުރުން މި މުބާރާތުގައި އަންނަނިވި ވަނަތައް، ފަނޑިޔާރުންގެ މާކްސް އިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
* 06 އަހަރާއި 09 އަހަރާ ދެމެދުގެ އުމުރުފުރާ
– 01 ވަނައަށް ހޮވޭ ކުއްޖަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
* 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ
– 01 ވަނައަށް ހޮވޭ ކުއްޖަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
* 14 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ
– 01 ވަނައަށް ހޮވޭ ކުއްޖަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ލިބުނު ފަނޑިޔާރުންގެ މާކްސް އަށް ބަލައި އެންމެ މޮޅު 10 ކިޔެވުން ހޮވައި ވީޑިއޯ ޗާޓެއްގެ ގޮތުގައި އާއްމުކުރެވޭނެއެވެ.
މުބާރާތުގެ ނަތީޖާތައް ހާމަކުރުމަށް ހަމަޖެހިފައިވަނީވެސް މުނިއަވަސްގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް، ވީޑިއޯ އެއްގެ ޒަރީޢާއިންނެވެ.
މި މުބާރާތަށް އިންޞާފުކޮށްދެއްވާނީ މަދަހަ ކިޔުމުގެ ފަންނުގައި އަރާ ތިއްބެވި އަލް އަޚް އިބްރާހިމް ރަމީޒާއި މޫސާ ޝިފާޢު (ޓްރިއޯ ޝިފާއު) އެވެ.
މުބާރާތުގެ ނަތީޖާ އިޢުލާނުކުރާނެ ތާރީޚެއް ފަހުން ހާމަކުރާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!