ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުރުކޮށް ޑްރާމާ : “އަލީ އެންޑް އަލީ ސޯޝަލް ބަސްޓަރސް” އެބަ ބަލަންތަ؟

ކުރުކޮށް ޑޮޓް ކޮމް”ގެ ނަމުގައި ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އެޕްލިކޭޝަނެއް މެދުވެރިކޮށް މުހައްމަދު އާސިފް (މޮންދު) ހިންގަމުން އަންނަ އޮންލައިން އިން “ކުރުކޮށް ޑްރާމާ”ގެ ނަމުގައި އަޖުމަ ބެލުމަށް އައު ފީޗާއެއް ހިމަނައި “އަލީ އެންޑް އަލީ ސޯޝަލް ބަސްޓަރސް”ގެ ނަމުގައި ހަދާފައިވާ ސީރީޒެއް ގެނެސްދޭން ފަށައިފިއެވެ.

“އަލީ އެންޑް އަލީ ސޯޝަލް ބަސްޓަރސް” އަކީ ފިލްމީތަރި އަދި ޑައިރެކްޝަންގެ މަސައްކަތްވެސް ކުރަމުން އަންނަ އަޙްމަދު ސަޢީދު އާއި އެކްޓަރ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ)ގެ ކޮންސެޕްޓަކަށް ގެނެސްދޭ ކޮމެޑީ ސްޓައިލްގެ ޑިޓެކްޓިވް ޑްރާމާ ސީރީޒެކެވެ. މީގައި ހަރަކާތްތެރިވާ ތަރިންނަނީ ޢަލީ ޢާޒިމް (ދޮން އައްޔަ)، ޢަލީ ޝާހިދު (ސްޓެޕް އައްޔަ)ގެ އިތުރުން މުޙައްމަދު އަޝްރަފްގެ އިތުރުން މޯޑް އެވެ. މީގެ އިތުރުން މަލީހާ ވަހީދު (މަލް) ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.

މި ސީރީޒް ލިޔެ ޑައިރެކްޓްކޮށްފައިވަނީ އަޙްމަދު ސަޢީދު އެވެ. ކެމެރާކޮށް އެޑިޓްކުރާ މާއެނބޫއެވެ. މޭކަޕް ހެދީ މަލް އެވެ.

“އަލީ އެންޑް އަލީ ސޯޝަލް ބަސްޓަރސް” ގެނެސްދެނީ ކޮންމެ ދެ ދުވަހަކުން އެއް ދުވަހު، 05 މިނެޓްގް އެޕިސޯޑެއް ހިމެނޭ ގޮތަށެވެ.

ކުރުކޮށް ޑޮޓް ކޮމް”ގެ އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ވަނީ މި ސީރީޒްގެ ދެ އެޕިސޯޑް ގެނެސްދީފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ކުރުކޮށް5 އަހަރު ކުރިން

ސަޅި ކޮންސެޕްޓް އެންޑް ނޭމް. މޮންދުގެ އެޕްލިކޭޝަން ވެސް ހަބޭސް

Home
Menu
Search
Back to top