ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޑްރާފްޓްސް” – ތަރިންގެ ޒާތީ ވާހަކަތައް ތަފާތު ގޮތަކަށް!

ބައިސްކޯފުން ގެނެސްދޭން ފަށާފައިވާ އައު ޝޯވ “ޑްރާފްޓްސް” ދައްކަން ފަށައިފިއެވެ. “ޑްރާފްޓްސް”ގެ ފުރަތަމަ އެޕިސޯޑްގައި ގެނެސްދިނީ ފިލްމީ ޖޯޑު، މުޙައްމަދު މަނިކް އާއި ޝީލާ ނަޖީބެވެ. މިއީ ފަންނާނުންގެ ޒާތީ ވާހަކަތައް ތަރިންގެ ދުލުން، ތަފާތު ކޮންސެޕްޓެއްގައި ތަފުސީލުކޮށް ގެނެސްދޭ ޓޯކް ޝޯއެކެވެ.

“ޑްރާފްޓްސް” ގައި ޝީލާ އާއި މަނިކު އެކަކު އަނެކަކާއި ސުވާލުކޮށް ޖަވާބުތައް ދެއެވެ. ދެމީހުންގެ ޒަވާޖީ ހަޔާތާއި ގުޅުން ހުރި އެތައް ކަންތައްތަކެއް މި ޝޯވ ގައި ހާމަކޮށްފައިވެއެވެ.


މި ޝޯވ ގައި ވާހަކަ ދައްކަމުން ޝީލާ ބުނީ މަނިކުއާއި ރައްޓެހިވުމުގެ ކުރިން، މަނިކު ދެކެ ޝީލާ ވަރަށް ފޫހިވާ ކަމަށެވެ. މަނިކު ބުނީ ޝީލާ ފުރަތަމަ ފެނުނު ދުވަހު ހިތަށް އެރީ މިއީ ހާދަ ތުއި ދައްކާ، ކަންތައް ގަނޑު ބޮޑު އަންހެނެކޭ ހިތަށް އެރި ކަމަށެވެ. މިފަދަ އެތަކެއް ވާހަކަތެއް މި ޝޯވ ގައި ދެ ތަރިން ހިއްސާކޮށްފައި ވެއެވެ.

ޝޯވ ބަލައިލެވޭނީ ހަމަ އެކަނި ބައިސްކޯފު އެޕުންނެވެ. އެޕް އަޅައި ބައިސްކޯފު ޕްރިމިއަމް ޕެކޭޖް ނަގައިގެންނެވެ.

https://www.facebook.com/baiskoafu/videos/378965393507710/?v=378965393507710

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top