ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން އަންނަ ކުރު ފިލްމު “ގުޅުން” މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ‘ވަން ޓޭކް’ އިން ނެގި ކުރު ފިލްމު ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ.
ޑާކް ރެއިންގެ އެންތޮލޮޖީ ސީރީޒް ފިލްމު “ގުޅުން”ގެ ފުރަތަމަ ސެގްމެންޓްގެ ޝޫޓިން ވަރަށް ރަނގަޅަށް ކުރިއަށް ދިޔަކަން ފާހަގަކުރަމުން ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނީ މިއީ ކޮންޓިނުއަސް ވަން ޝޮޓުން ޝޫޓްކޮށްފައި ފިލްމެއް ކަމަށެވެ.
“ގުޅުން” ލިޔެ ޑައިރެކްޓްކުރީ ޑާކް ރެއިންގެ އެއް ޕްރޮޑިއުސަރ ޢާއިޝަތު ފުއާދު ތަޢުފީޤް އެވެ. ފިލްމު ކެމެރާކުރީ ހުސެއިން އަދުދާން (ހުސޭނު) އެވެ. ވިޒުއަލް އިފެކްޓްސް ހަދަނީ ވިޝާލް ޒަކީ އެވެ. ސައުންޑް އެޑިޓިން އަދި މިކްސިން ހަދަނީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ.
ޙަސަން އާދަމްގެ މޭކަޕް ފެނިގެންދާ މި ފިލްމުގައި ޚާއްޞަ ފެނިލުމަކުން އަޙްމަދު ސަޢީދު، ޖުމައިހް، ރިޝްމީ ރަމީޒް، އާޝާ، ފުބޫ އަދި “އެހެނަސް” އިން ފެނިގެންދިޔަ އާމިނަތު ޝަމާނާ ފެނިގެންދާނެއެވެ.
ޑާކް ރެއިން އެންތޮލޮޖީ އަކީ އެކިއެކި ލިޔުންތެރިންނާއި ޑައިރެކްޓަރުން، އެކްޓަރުން މަސައްކަތްކުރާނެ ސީރީޒެއްކަމަށް ޑާކް ރެއިން އިން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!