ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރާއި ބަތަލާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ ފިލްމު ”ލަކްޝްމީ ބޮމް“ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.
ޓްރެއިލާ އިން ފެނިގެންދަނީ އަންހެނެއްގެ ރޫޙެއް އަކްޝޭގެ ހަށިގަނޑަށް ވަދެގެން ކުރިމަތިވާ ވާކަންތައްތަކެވެ. ޓްރެއިލާ އިން ފެންނަގޮތުން އަކްޝޭގެ ގަޔަށް ރޫހެއް ވަނުމުގެ ކުރިން އޭނާ ބެޓެއް ކުރެއެވެ. އެ ބެޓްގައި އޭނާ ބުނަނީ ތިމަންނައަށް ރޫހެއް ފެންނަ ދުވަހަކުން އަތުގައި ތަނޑިއަޅާނެ ކަމަށެވެ. އެހެންކަމުން އަކްޝޭގެ ގަޔަށް ރޫހް ވަނުމަށްފަހު އަކްޝޭގެ ކެރެކްޓާ އަންހެން ކެރެކްޓާ އަކަށް ބަދަލުވެއެވެ. އަތުގައި ތަނޑިއަޅައި ސާޅީ އަޅައެވެ.
ސިއްސައިގެންދާ ފަދަ އެތަކެއް މަންޒަރުތަކެއް ޓްރެއިލާއިން ފެނިގެންދާއިރު ހީހީ ހަލާކުވާވަރުގެ މަންޒަރުތަކެއް ވެސް ޓްރެއިލާއިން ފެނިގެންދެއެވެ.
ބިރުވެރި ކޮމެޑީ ”ލަކްޝްމީ ބޮމް“ ރިލީޒްކުރަން ނިންމާފައި ވަނީ މިއަހަރު ނޮވެމްބަރު 09 ވަނަ ދުވަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




