މޫމިން ފުއާދުގެ ވަރުގަދަ ވެބް ސީރީޒް “ގަމިނި”ގެ 05 ވަނަ އެޕިސޯޑް، ބައިސްކޯފުން ރޭގައި ވަނީ ދައްކާފައެވެ. ރޭގެ އެޕިސޯޑަކީ ބޮޑު އެޕިސޯޑެކެވެ. “ގަމިނި”ގެ ވަރުގަދަ ތިން ކާސްޓުން ރޭގައި ވަނީ ދައްކާލާފައެވެ. ވަކިން ޚާއްޞަކޮށް “ގަމިނި” ގެ އަސްލު ދިލަގަނޑު، އަތޮޅުވެރިން ޠާހާ ވަޑައިގެންނެވީ ރޭގެ އެޕިސޯޑުންނެވެ.
ރޭގެ އެޕިސޯޑާ ހަމައަށް ސީރީޒްގެ އެންމެ ވަރުގަދަ ކެރެކްޓަރ ސިރާޒް، ދައްކަމުން އައި އަޙްމަދު އާސިމްގެ ދުވަސް ދުއްވާލާފައި ވަނީ ވަރަށް ރަހުމުކުޑަ މަރަކުންނެވެ. ސިރާޒްގެ މަރާއެކު މީގެ 35 އަހަރު ކުރިއަށް ބެލުންތެރިން ގެންގޮސްދެނީ މަޝްހޫރު ސަބުޖުކަޅުތުއްތީދީގެ އެންމެ ހަގު ދަރިކަލުން އަތޮޅުވެރިން ޠާހާ އާއެކުގައެވެ. ވެރިކަން ކުރާ ރަށަށް ޠާހާ ވަޑައިގަންނަވާއިރު އަތޮޅުވެރިޔާގެ އެހީތެރިޔާ ޔޫސުފް ރަފީޢު (ޔޫސޭ)، އަތޮޅުވެރިންނަށް މަރުޙަބާ ކިޔުމަށް ތައްޔާރުވެފައި ވަނީ އެ ޒަމާނުގައި ކަން ހިނގާ އެންމެ ރީތި، އެހެނަސް އެންމެ ހިތި، ހަޑި އުޞޫލުވެސް ސިފަކޮށްދެމުން ނެވެ.
ސީރީޒްގައި މުހިންމު އަދި ވަރުގަދަ ރޯލަކުން އެކްޓިންއަށް އަލަށް ނުކުތް ސޫޒަން އިބްރާހިމްފުޅު، ދަލޭކައިދީގެ ރޯލުން ރޭގެ އެޕިސޯޑްގައި ވަނީ ދައްކާލާފައެވެ.
ކުރިއަށް ހުރި އެޕިސޯޑްތައް ބަލަން ތިބެމާ ހިނގާށެވެ. އަތޮޅުވެރިން ޠާހާގެ އަތޮޅުވެރިކަން ކުރެއްވުމުގެ ހުނަރާއި، އަތޮޅުވެރިޔާގެ އެހީތެރިޔާ ‘ބޯވައެއްގެ އުޞޫލުން ނޫޅުނަސް’ އަތޮޅުވެރިންނަށް ‘ކަންކަން’ ފަހިކޮށްދެއްވާ ގޮތް ފިސާރި ރަނގަޅަށް ފެންނާނެ ކަމަށް ބެލެވެއެވެ. ހަމަ އެހެންމެ، އަސްލު ދިރިއުޅުމުގައި ސިޔާސީ މައިދާނުގައި އުމުރުގެ ބޮޑުބައެއް ހޭދަކުރަމުން އަންނަ ސޫޒަން އިބްރާހިމްފުޅު، ދަލޭކައިދީގެ ހިތްދަތި އަދި ހިތްވަރުގަދަ ދިރިއުޅުން ސިފަކޮށްދޭތަން ވެސް ފެނިގެންދާނެއެވެ.
“ގަމިނި”ގެ ދިލަގަނޑު ބައިސްކޯފު މެދުވެރިކޮށް ބަލައިލެވޭނީ ޕްރީމިއަމް ޕެކޭޖް ނަގާފައިވާ ފަރާތްތަކަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!