އައު އާންމު ހާލަތުގައި ނޭޝަނަލް އާޓް ގެލަރީގައި ހަރަކާތްތައް ބޭއްވުމަށް ފުރުޞަތު ހުޅުވާލާފައި ވާކަމަށް ނޭޝަނަލް ސެންޓަ ފޮރ ދި އާާޓްސް އިން ހާމަކުރައްވައިފިއެވެ.
އެންސީއޭއިން މިއަދު ގެޒެޓްކޮށްފައިވާ ލިޔުމެއްގަައި ބުނީ ކޮވިޑް 19 އާއި ގުޅިގެން ނޭޝަނަލް އާޓް ގެލަރީގެ ހަރަކާތްތައް މެދުކަނޑާލުމަށްފަހު، އާ އާންމު ހާލަތުގައި އެޗް.ޕީ.އޭއިން އެކުލަވާލައްވާ އާންމުކުރައްވާފައިވާ ގައިޑްލައިންއާއި އެއްގޮތަށް ނޭޝަނަލް އާޓް ގެލަރީގައި ހަރަކާތްތައްބާއްވަވަން ބޭނުންފުޅު ފަރާތްތަކަށް މިއަދުން ފެށިގެން އެފުރުސަތު ހުޅުވާލެވިފައި ވާކަމަށެވެ.
އާ އާންމުހާލަތުގައި ނޭޝަނަލް އާޓް ގެލަރީގައި ހަރަކާތް ބޭއްވުމަށް އެދޭ ފޯމު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ރިސެޕްޝަނުންނާއި ވެބްސައިޓު www.nca.gov.mvއިން ލިބެން ހުންނާނެ ކަމަށްވެސް އެންސީއޭ އިން ބުނެއެވެ.
ކިޔުންތެރިންގެ ޚިޔާލު
