އައު ޢާންމު ޙާލަތުގައި ތަފާތު ޕްރެކްޓިސްތަކަށާއިި ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަސް ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން މިއަދު އާއްމުކުރި އާއްމު އެންގުމެއްގައި ބުނީ ކޮވިޑް–19 އާއި ގުޅިގެން އޮލިމްޕަހުގައި ހަރަކާތްތައް ހިންގުން މެދުކަނޑާލުމަށްފަހު، އައު އާންމު ހާލަތުގައި އެޗް.ޕީ.އޭ އިން އެކުލަވާލައްވާ އާންމުކުރައްވާފައިވާ ގައިޑްލައިންއާއި އެއްގޮތަށް އޮލިމްޕަހުގައި ހަރަކާތްތައް ހިންގަވަން ބޭނުންފުޅު ފަރާތްތަކަށް މިއަދުންފެށިގެން އެފުރުސަތު ހުޅުވާލެވިފައި ވާކަމަށެވެ.
މި އެންގުމުގައި އިތުރަށް ބުނީ ފަންނުވެރިންގެ ތަފާތު ޕްރެކްޓިސްތަކަށާއިި ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަހުގެ ގޯތިތެރެއާއި ސްޓޭޖުން ޖާގަ ދޫކުރުމަށް ހަމަޖެހިފައި ވާކަމަށާއި މިކަމަށް އެދޭ ފޯމު އެން.ސީ.އޭ ގެ ރިސެޕްޝަނުންނާއި ވެބްސައިޓު www.nca.gov.mv އިން ލިބިވަޑައިގަންްނަވާނެ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




