ލ.ފޮނަދޫން ފުރައިގެން ލ.މާމެންދުއަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހައިލައި ލ.މާމެންދޫ ޝިމާ ނާފިޒް (19އ) ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިއަދާއި ހަމައަށްވެސް ޝިމާ ފެނިފައެއް ނުވެއެވެ. ނުވީތާކަށް ބަންޑުން ޖަހައިލި ޑިންގީން ބައެއް ނުވަތަ ޑިންގީގައި ހުރެދާނެ ކަމަށް ބެލެވޭ އެއްވެސް އެއްޗެއް ވެސް މިހައިތަނަށް އައިރު ފެނިފައެއް ނުވެއެވެ.
ބަންޑުން ޖަހައިލި ޑިންގީއަކީ މީގެ ކުރިންވެސް މިފަދަ ހާދިސާއެއްގެ މެދުވެރިއަކަށް ވެފައިވާ ޑިންގީއެކެވެ. މީގެ ތިން އަހަރު ކުރިއަށް، 31 ޖަނަވަރީ 2016 އަށް ޖެހިލަމާ ހިނގާށެވެ. ލ.އަތޮޅު ކައުންސިލްގެ މެންބަރު މުހައްމަދު އަބްދުއްރަހްމާނަކީ މަސްވެރިކަން ކުރަން ނިކަން ފޯރި ހުންނަ، މީހުންނާއި ގުޅޭ، ހިތްހެޔޮ ސާދާ ބޭފުޅެކެވެ. 31 ޖަނަވަރީ 2016 ވީ އާދީއްތަ ދުވަހުގެރޭ، އިރާކޮޅުގެ ވަގުތެއްގައި މުޙައްމަދު އަބްދުއްރަހްމާނާއި އޭނާގެ ދޮންބަފައިބޭ މަސްބާނަން ނިކުތީ ލ. ފޮނަދޫ ހުޅަނގުފަރާތަށެވެ. ރަށް ފެންނަ ހިސާބުގައި މަސްވެރިކަން ކުރަން އުޅެނިކޮށް، ޑިންގީ ފުރޮޅާލައިގެން އެ ހާދިސާއެއް ހިނގިގޮތަކަށް ހިނގައި މުޙައްމަދު (މޯޑް) ނިޔާވިއެވެ.
މުޙައްމަދު ނިޔާވި ހާދިސާ ހިނގި ޑިންގީގެ ވެރިމީހާ އަތުން ގަނެގެން، ޑިންގީ ގެންގުޅެމުން އައީ އެހެން މީހެކެވެ.
މެދުފުށި އައިލެންޑް ރިސޯޓްގައި ވަޒީފާ އަދާކުރަމުންދިޔަ ޝިމާ، ރިސޯޓުން ވަކިވެގެން ލ.މާމެންދުއަށް ދާން ކައްދޫ ބަދަރުން ދަތުރަށް އެރީ ކުޑަކުޑަ ޑިންގީއަކަށެވެ. ޑިންގީ ދުއްވަން އިނީ ޝިމާގެ ރައްޓެއްސެއް ކަމަށްވާ ލ.ގަން އިބްރާހިމް ފަޒީލެވެ. މާމެންދޫއަށް ދިއުމަށް ފަޒީލްމެން ދަތުރު ފެށީ ހުކުރު ދުވަހު 18:03 ގައެވެ. ދަތުރުކުރީ ފޯނުން ޖީޕީއެސް ޖައްސައިގެންނެވެ. ފޯނު އޮތީ ޝިމާއަތުގައި ކަމަށް ފަޒީލް ބުނެއެވެ.
ޑިންގީ ބަންޑުން ޖަހާލީ ޑިންގީއަށް ދެވަނަ ފަހަރަށް ޕެޓްރޯލް އަޅަން އުޅެނިކޮށް ޖެހި ރާޅަކާއިއެކުގައި ކަމަށް ބައެއް މީޑިއާތަކަށް ފަޒީލް ބުނެއެވެ. ބަންޑުން ޖަހައިލީ ގާދޫ ކަނޑުއޮޅީ މެދަށްވުރެ ތަންކޮޅެއް ދުރަށެވެ. ހާދިސާ ހިނގި ގޮތަކާއި، ދެން ކަންތައްތައް ވެގެންދިޔަގޮތެއް އެނގޭނީ އެކަމުގައި ޝާމިލުވާ ދެމީހުންނަށެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ހުރިހައިކަމެއްވެސް މޮޅަށް ބައްލައިވައި ވޮޑިގެންވެއެވެ.
ޝިމާ ގެއްލުނު ހާދިސާއާއި ކައުންސިލް މެންބަރު މުޙައްމަދު ނިޔާވި ހާދިސާ ހިނގީ ހަމަ އެއް ޑިންގީއެއްގައެވެ. ދިގުމިނުގައި 12 ފޫޓް ހުންނަ އެ ޑިންގީއަކީ ކަނޑަށް އެހައި ހެޔޮވަރު (ސީ ވޯތީ) ނޫން ޑިންގީއެއްކަން މީގެ ކުރިންވެސް ވަނީ އެނގިފައެވެ. ފަހަރެއްގައި ފަޒީލް މެން ލޯންޗެއް ނުލިބިގެން އުޅުމުގެ ތެރޭގައި، ދަތުރަށް އަރަން ލިބުނީ ކޮން ޑިންގީއެއްކަން ހަނދާން ނެތުނީ ކަމަށްވެސް ވެދާނެއެވެ.
ބަންޑުން ޖަހައިލި ޑިންގީ ވަރުގެ ކުދިކުދި ޑިންގީގައި ކަނޑުމައްޗަށް އެރުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ކަނޑުމަތީ ދަތުރުތައް ކޮށްއުޅޭ މީހުން ބުނެއެވެ. ބަންޑުން ޖަހައިލި ޑިންގީ ފެނިފައިނުވާއިރު، އެ ޑިންގީ އަކީ ކިހިނެއް އޮތް ކިހާވަރެއްގެ ޑިންގީއެއްކަން އެނގޭނީ ލ. އަތޮޅުން ވެސް މަދު ބައަކަށެވެ. މުނިއަވަސް އަށް ވަނީ ތަންކޮޅެއް ކުރިން ނަގާފައިވާ ޑިންގީގެ ފޮޓޯއެއް ލިބިފައެވެ. ބަންޑުން ޖަހައިލި ޑިންގީ މިއޮތީއެވެ.

ބަންޑުން ޖަހައިލި ޑިންގީގެ ފޮޓޯއެއް – ފޮޓޯ: ކިޔުންތެރިއެއް
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
Dhathuru kuraa lunch libeyne kohme gadi akuves fulhaa dhaairaa akah laamu ga masah kaiy kururey kulee lounch faharu hassa koh maamendhoo ga
tedu khabaru liyebala