ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑްރާމާ ސިލްސިލާ “ޤަރާރް” މިރޭ

ޕާކިސްތާނުގެ ޑްރާމާ ސިލްސިލާތަކަކީ ދިވެހީންގެ ތެރޭގައިވެސް ވަރަށް މަޤުބޫލު ޑްރާމާތަކެކެވެ. އެގޮތުން ޕާކިސްތާނުގެ ޑްރާމާތަކަށް ލޯބިކުރާ ފަރާތްތަކަށް އަނެއްކާވެސް މިއޮތީ އުފާވެރި ޚަބަރެކެވެ. މިރޭ އަނެއްކާވެސް އާ ޑްރާމާއެއް ފަށަނީއެވެ. މިފަހަރުގެ ޑްރާމާއަކީ “ޤަރާރް” އެވެ.

އާއިލާއެއްގެ ތެރޭގައި ހިނގާ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ މި ސިލްސިލާ ޕްރޮޑިއުސް ކޮށްފައިވަނީ “ހަމްސަފަރް”، “ދާސްތާން”، “ބޭހަދް”، “ޒިންދަގީ ގުލްޒާރް ހޭ” ފަދަ ރީތި ޑްރާމާ ސިލްސިލާތަކެއް ގެނެސްދީފައިވާ މޫމިނާ ދުރައިދެވެ. އާލިޔާ ބުޚާރީ ލިޔެ، ބަރްކަތު ސިއްދީޤީ ޑައިރެކްޓްކޮށްފައިވާ މި ސިލްސިލާގެ މައިގަނޑު ތަރިންނަކީ މިކާލް ޒުލްފިޤާރް، ސަނަމް ޖަންގް، މުނީބް ބަޓް އަދި ރަބާބް ހާޝިމެވެ. މިހާރުވެސް ހަމް ޓީވީއިން ގެނެސްދެމުންދާ “މޮހައްބަތު ތުޖޭ އަލްވިދާ” އަކީވެސް ބަރްކަތުގެ ޑައިރެކްޝަނެކެވެ.

މިރެއިން ފެށިގެން ކޮންމެ އާދިއްތަ ދުވަހެއްގެ ރޭ 8:00 ގައި “ޤަރާރް”ގެ އާ އެޕިސޯޑެއް ހަމް ޓީވީއިން ގެނެސްދޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top