ބޮލީވުޑްގެ ސުޕަރސްޓަރ ކެޓްރީނާ ކައިފް، ފޮޓޯ ޝޫޓަކަށް ރާއްޖެ އައިސްފައި ވާއިރު، އޭނާގެ އިންސްޓަގްރާމުގައި ރާއްޖޭގެ ހިތްގައިމު މާހައުލުތަކުގައި ނަގާފައިވާ ފޮޓޯތައް އާއްމުކުރަން ފަށައިފިއެވެ.
އެކިއެކި ކޮސްޓިއުމްތަކުގަައި ނަގާފައިވާ ހިތްގައިމު ފޮޓޯތައް އިންސްޓަގްރާމް ކުރަމުން އަންނަ އިރު، އޭނާގެ އިންސްޓަގްރާމު ފޮލޯކުރާ 44.9 މިލިއަން މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ.
މީސް މީޑިއާގައި ކެޓްރީނާ ބުނެފައިވަނީ ރާއްޖެއަށް އާދެވުމުން ވަރަށް އުފާކުރާ ކަމަށާ ރާއްޖެ އަށް އައީ ޝޫޓިންއަކަށް ކަމަށް އޭނާ ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ޚިޔާލު
