ސިޔާސީ ރަހަތަކާާއެކު މަޖާ ގޮތަކަށް ޗޮޕްއާރޓުން އުފައްދާ ގެނެސްދޭ އެނިމޭޓެޑް ކޮމެޑީ “އެއްކަލަ ޝޯވ”ގެ ފުރަތަމަ އެޕިސޯޑް މިހާރު ބައިސްކޯފުން ބަލައިލެވޭނެއެވެ. މި އެޕިސޯޑްގައި ޚާއްޞަ މެހެމާނުންގެ ގޮތުގައި ގެނެސްދިނީ ދިވެހީންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސްގެ “365 ޑޭޒް” ސީރީޒުން މަޤްބޫލުކަން ހޯދާފައިވާ މައްސިމޯ އާއި ސުލޭމާނު ޖާބިރުއެވެ.
“އެއްކަލަ ޝޯވ”ގެ ފުރަތަމަ އެޕިސޯޑްގައި ރާއްޖޭގެ ބައެއް ތަރިން ‘ވެރިފައިވި’ ވާހަކައާއި ސުލޭމާނު ޖާބިރު އާއި ކޮށްލެވުނު ބައެއް ސުވާލުތަކަށް ޖާބިރު ދިން މަޖާ ޖަވާބުތައް ހިމެނެއެވެ.
ޝޯވގައި އެންމެ ފާހަގަކޮށްލެވުނު ކަމަކީ މައްސިމޯ ދެކެ ޖާބިރުގެ ސިނގު ރުޅި އައިސްގެން ‘ވަކްތުން ވަކްތަށް‘ މައްސިމޯ ހައްޔަރުކުރަން ދެފަހަރު މަތިން ގޮވައިލި ގޮވައިލުމެވެ.
ކޮންމެއަކަސް، “އެއްކަލަ ޝޯވ” އަކީ ތަފާތު ކޮންސެޕްޓެއްގައި ގެނެސްދީފައިވާ، ހީނހީނ އަވަދިވާހާ މަޖާ ޝޯވއެއްކަން ފާހަގަކޮށްލެވެއެވެ.
