ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޭޖީޓީ އޮޑިޝަންގައި ރާއްޕެ ބައިވެރިވެއްޖެ

މޯލްޑިވިއަން މެޖީޝަންގެ ނަމުން މަޝްހޫރުކަން ހޯދަމުން އަންނަ ރާފިޢު މުޙައްމަދު (ރާއްޕެ)، މަޤުބޫލް ރިއަލިޓީ ޝޯވ ”އެމެރިކާސް ގޮޓް ޓެލެންޓް 16“ ޝޯވގެ އޮޑިޝަންގައި ބައިވެރިވެއްޖެއެވެ. އޮންލައިންކޮޮށް ބޭއްވި އޭޖީޓީ އޮޑިޝަންގައި ރާއްޕެ ޕާފޯމްކުރީ މިމަހު 14 ވަނަ ދުވަހު އެވެ.

“ޖަޖުން ވަރަށް އިމްޕްރެސްވި، ވަރަށް ޕޮޒިޓިވް ކޮމެންޓް ދިނީ، އިންޝާﷲ އަޅުގަނޑު ހޮވޭނެކަމަށް މި ބަލަނީ.” އޮޑިޝަން ނިންމައިލުމަށްފަހު މުނިއަވަސް އަށް ރާއްޕެ ބުންޏެވެ. ރާއްޕެ ބުނީ އޮޑިޝަންގެ ކަންކަން ވަރަށް ރަނގަޅަށް ދިޔަކަމަށެވެ.

އޮޑިޝަނުން ހޮވިއްޖެ ނަމަ، ރާއްޕެގެ ހުވަފެނުގަައި ކުލަ ޖެއްސުމަށް އެމެރިކާއަށް ދިއުމަށް މާލީ އެހީތެރިކަން ބޭނުންވާނެ އެވެ. އެހެންކަމުން އެފަދަ ފުރުޞަތެއް ލިބިއްޖެނަމަ މާާލީ އެހީތެރިކަން ލިބޭނެގޮތް ވުމަކީވެސް ރާއްޕެ އެދޭ ކަމެކެވެ.

އެމެރިކާސް ގޮޓް ޓެލެންޓް“ އަކީ 2006 ވަނަ އަހަރު އޮން-އެއަރކުރަން ފެށި ކާމިޔާބު ފްރެންޗަައިޒް ޝޯވ އެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top