އިންޑިޔާގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ދިވެހިރާއްޖެ އަކީ މިހާރު ‘އައު ބޮލީވުޑް’ ކަމަށް ސިފަކުރަން ފަށާފައިވާއިރު، ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަ އިންޑިޔާގެ ފިލްމީ ފަންނާނުންގެ ލިސްޓަށް ޝާންވީ ސްރިވާސްތަވާގެ ނަން މިވަނީ އިތުރުވެފައެވެ.
ކަންނާޑާ އަދި ޓެލުގޫ އެކްޓްރެސް ޝާންވީ ސްރިވާސްތަވާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ތާޖް އެކްސޮޓިކާ ރިޒޯޓްސް އެންޑް ސްޕާގައެވެ. މި މަހު، އިންޑިޔާގެ މަޝްހޫރު ސެލެބްރިޓީން ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ކަމުދާ މަންޒިލެއްގެ ގޮތުގައި އިޚްތިޔާރުކޮށްފައިވަނީ ރާއްޖެކަން ފާހަގަކޮށްލެވެއެވެ.
ޝާންވީގެ ފޭނުންނަށް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ރާއްޖޭގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފައިވެއެވެ.
ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އަންނަ ޝާންވީގެ އިންސްޓަގްރާމުގައި ބައެއް ފޮޓޯޓައް ހިއްސާކުރަމުން އަންނައިރު، އެއިގެ ތެރެއިން އެއް ފޮޓޯއަށް ކުޑައިރުކޮޅެއް ތެރޭގައި 100،000 ލައިކްސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
އުމުރުން 27 އަހަރުގެ އެކްޓްރެސް ޝާންވީގެ ކުރިއަށް އޮތް ފިލްމަކީ “ކަސްތޫރީ މަހަލް” އެވެ. ޝާންވީ ލީޑުން ފެނިގެންދާ ކަންނާޑާ ފިލްމު “ކަސްތޫރީ މަހަލް” އަކީ ޑިނޭޝް ބަބޫ ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ޑިނޭޝް ބަބޫގެ 50 ވަނަ ފިލްމެވެ.
View this post on Instagram
ތާޖް އެކްސޮޓިކާ ރިޒޯޓްސް އެންޑް ސްޕާގައި ޝާންވީ ޗުއްޓީ ހޭދަކުރަމުން އަންނައިރު، ފާހަގަކޮށްލެވޭ ކަމަކީ މި ރިސޯޓަކީ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ގިނަ ޢަދަދެއްގެ ސެލެބްރިޓީން އިޚްތިޔާރުކުރާ މަންޒިލެއް ކަމެވެ. އެގޮތުން ސައިނާ ނެހްވާލް، ތާޕްސީ ޕަންނޫ ވެސް މީގެ ދުވަސްކޮޅެއް ކުރިން ޗުއްޓީހެދީ އެ ރިސޯޓްގައެވެ.
މީގެ އިތުރުން މި ރިސޯޓަކީ ‘ކޮންޑޭ ނަސްޓޭ ޖޮހަންސެންސް އެވޯޑް ފޯރ އެކްސެލެންސް 2021′ ލިބިފައިވާ ރިސޯޓްކަން ފާހަގަކޮށްލަން ޖެހެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 7 މެއި 2025މަޢުލޫމާތުމިތަމޭނިއާ ނުވަތަ ބިރަކާނުލައި ދޮގުހަދާ ބަލި
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް