ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސްގެ ދެވަނަ އަހަރީ ދުވަހު އައިޝާ ބުނަނީ ކީކޭބާ؟

17 ޑިސެމްބަރު 2018 ވަނަ އަހަރު ރެޖިސްޓްރީ ކުރެވުނު މުނިއަވަސް އަށް މިއަދު މިވަނީ ދެ އަހަރު ފުރި ތިންވަނަ އަހަރަކަށް ކުރިމަތިލެވިފައެވެ. ދުވަހުގެ މުނާސަބަތުގައި ފިލްމީ ދާއިރާގެ ބައެއް ފަންނާނުންނާއި އާޓް ދާއިރާގެ ބައެއް ފަންނާނުން މުނިއަވަސް އާމެދު ދެކޭ ގޮތް މިވަނީ ހިއްސާކޮށްފައެވެ. އެގޮތުން މުނިއަވަސް އާމެދު ފިލްމީތަރި އައިޝާ ދެކޭގޮތް ގެނެސްދޭނަމެވެ.

ފިލްމީތަރި ޢާއިޝަތު ޤުލްފާ (އައިޝާ)

ދިވެހި ފިލްމް “ހިތް އެދެނީ” އިން އާންމުންގެ މަޤްބޫލުކަން ހޯދި ޢާއިޝަތު ޤުލްފާ (ޢައިޝާ) އަކީ މިއަދާ ހަމައަށް ވެސް ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. “ވަފާތެރި ނުވެވުނަސް” “ގިނިހިލަ” ފަދަ މަޝްހޫރު ފިލްމްތަކުން ވެސް ޢައިޝާގެ އެކްޓިން ފެނި، އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

“ޑާރކް ރެއިން އެންޓަރޓެއިންމެޓް”ގެ ބައެއް އުފެއްދުންތަކުގައި ޚާއްޞަ ފެނިލުމަކުން މިހާރު ވެސް ފެންނަމުންދާ އައިޝާ ކުޅެފައިވާ ލަވަތަކަކީ ހިތްގައިމު ލަވަތަކެއްކަން ފާހަގަކޮށްލެވެއެވެ.

އައިޝާ އަކީ ސޮނޭވާ ލޯންޖްގެ އެއަރޕޯރޓް ޓީމްގައި މަސައްކަތް ކުރަމުންދާ ހީވާގި ހޮސްޓެސްއެކެވެ. އެހާ ބުރަކޮށް އުޅެމުންވެސް މުނިއަވަސް އަށްޓަކައި ވަގުތުކޮޅެއް ހޯދައި، އަޅުގަނޑުމެންނާމެދު ދެކޭގޮތް، ވީޑިއޯއެއްގެ ޒަރީޢާއިން ފޮނުއްވިކަމަށްޓަކައި އައިޝާއަށް މުނިއަވަސް ޓީމުގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަމެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MuniAvas/videos/3551804068190490″ poster=”http://www.muniavas.com/wp-content/uploads/2020/12/Aisha-Rose-e1608210369481.jpg”]

ކޮވިޑް-19ގެ ނުރައްކަލާއި ގުޅިގެން ވަޒީފާ އަށް ނުނިކުމެ ހުންނަން ޖެހުނު ދުވަސްތަކުގައި އައިޝާ އާއި އޭނާގެ ތިން ދައްތަ ބައިވެރިވެގެން އެކި ޑިޒައިންތަކަށް މާސްކް ތައްޔާރުކޮށް، މާސްކު ވިއްކުމުގެ މަސައްކަތް ފަށައި އަދިވެސް އެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top