ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސް އާމެދު މަޝްހޫރު ނޫސްވެރިޔާ އަދި އެކްޓަރ އަފްރާހް ބުނީ ކީކޭ؟

“އެނގެއެއްނު؟” – މިހެން ބުނުމުން އެއީ ކޮން އެކްޓަރެއްކަން ހަމަ ގައިމުވެސް ބައިސްކޯފުގެ މަޝްހޫރު ސިޓްކޮމް “ކަރުހަކުރު” ބަލާ ފަރާތްތަކަށް އެނގޭނެއެވެ. ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ‘ދިވެހި ޗެނަލް’ ހުޅުވައިލުމުން އެ ފެންނަ ދޫ ހެލޭ، ހުނަރުވެރި ޕްރެޒެންޓަރު އަފްރާހް އަކީ ކާކުކަން ކަރަންޓް އެފެއާޒް ޚަބަރަކަށް ޝައުޤުހުންނަ ފަރާތްތަކަށް އެނގޭނެއެވެ.

މުޙައްމަދު އަފްރާހް (ކަރުހަކުރު ސީރީޒްގައި ކުޑޭ) އަކީ ‘ޗެނަލް ވަން’ ޓީވީގައި މަސައްކަތްކުރި ނޫސްވެރިއެކެވެ. އޭގެ ފަހުން މިހާރު އަފްރާހް މަސައްކަތްކުރަނީ ‘ދިވެހި ޗެނަލް’ ޓީވީ ސްޓޭޝަންގައެވެ. ކޮވިޑް-19ގެ ނޫސްވެރިންގެ ބައްދަލުވުންތަކުން، ހަމަ އެންމެ ބައްދަލުވުމެއްވެސް އުނިކޮށްނުލައި ވަރަށް ހީވާގިކަމާއެކު ރައްޔިތުންނަށް ޚަބަރުތައް ގެނެސްދިނުމުގައި އަފްރާހް އަންނަނީ މިސާލު ދައްކަމުންނެވެ.

މުނިއަވަސްގެ ދެވަނަ އަހަރީ ދުވަހާއި ގުޅިގެން، މުނިއަވަސް އާމެދު ދެކޭގޮތް އޮޅުން ފިލުވައިލުމަށް އަޅުގަނޑުމެން ސުވާލުކޮށްލީމެވެ. މުނިއަވަސް އާމެދު ދެކޭ ގޮތް ބުނެދިނުމަށްފަހު، މުނިއަވަސް އިން ކުރަން ފެންނަ ވަރަށް މުހިންމު އަދި އެހާމެ ރަނގަޅު ކަމެއްގެ ޚިޔާލެއް އަފްރާހް ހިއްސާކުރިއެވެ.

މުނިއަވަސް އާމެދު އަފްރާހް ދެކޭ ގޮތް ހިއްސާކޮށްދިނީތީ މުނިއަވަސް ޓީމުގެ ފަރާތުން ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަމެވެ. އަފްރާހްގެ ބަހަކީ ކޮބައިތޯ މި ހިމަނާލާ ވީޑިއޯއިން ބަލައިލަމާ ހިނގާށެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MuniAvas/videos/3220243451535771″ poster=”http://www.muniavas.com/wp-content/uploads/2020/12/7AA85213-6097-449A-9C69-092CB782ABE9.jpeg”]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ރައްޔިތުމީހާ5 އަހަރު ކުރިން

ކައްޗޭ އެއީ ހަމަ އެއްވަނަ.

ހޭޝްޓެގް5 އަހަރު ކުރިން

މުނިއަވަސް އިން ދިވެހި ފިލްމީ ދާއިރާ އާއި ދިވެހި މިއުޒިކީ އަދި އާޓްގެ ދާއިރާތައް ކުރިއަރުވަން ކުރަމުން އަންނަ ބުރަ މަސައްކަތަށް އައްސަރިބަހުން ސާބަސް ރައްދުކުރަން ޖެހޭ. އެކަމަކު ދެރަކަމަކީ ފިލްމީ އަދި މިއުޒިކީ ދާއިރާގަ އުޅޭ ވަރަށް އަމިއްލަ އެދުން ބޮޑު ބައެއްކަމަށް ވާތީ. އެމީހުން ފުށުން މުނިއަވަސް އަށް ނުވާނެ އެއްކަމެއްވެސް. އެކަމަކު މުނިއަވަސް ޓީމުން އެތިބަ ގޭނި ހަލާކުވަނީ. އަސްލު ތީ އެއްގޮތަކުން ކުރުން ބޭކާރު ކަމެއް. ތިކަން ބަލައިގަންނަން ޖެހޭ މީހުންވެސް ތިކަން ބަލައެއް ނުގަނޭ.

ކުޑޭ ފޭން5 އަހަރު ކުރިން

ކުޑޭ އަކީ ހަމަ ބެސްޓު މޭންއެއް. އެނގެއެއްނު؟

Home
Menu
Search
Back to top