ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތ އަތޮޅާއި ލ. އަތޮޅާއި ދެމެދު އެމްޓީސީސީ ލޯންޗު ފެރީ ފަށައިފި

އެމްޓީސީސީން ތ. އަތޮޅާއި ލ. އަތޮޅާއި ދެމެދު ލޯންޗު ފެރީގެ ހިދުމަތްދޭން ފަށައިފިއެވެ.

އެ ހިދުމަތުގެ ދަށުން ފެރީގެ ހިދުމަތް ދޭ ރޫޓުގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ. ފެރީ ދަތުރުތަކުގެ އަގުތަކަކީ؛

  • ވޭމަންޑޫ – ތިމަރަފުށި: އެއްކޮޅު 75ރ، ދެކޮޅު 150ރ
  • ވޭމަންޑޫ/ތިމަރަފުށި – ގަން: އެއްކޮޅު 250ރ، ދެކޮޅު 400ރ

އެމްޓީސީސީން ބުނީ، ތ. އަތޮޅާއި ލ އަތޮޅާ ދެމެދު މި ހިދުމަތް ހަފުތާއަކު ހަތަރު ދުވަހު (ހޮނިހިރު، އާދީއްތަ، އަންގާރަ، ބުރާސްފަތި ދުވަހު) ފޯރުކޮށްދޭނެ ކަމަށެވެ.

އެމްޓީސީސީން ވަނީ، އެ ހިދުމަތް ފެށްޓުމުގައި އެކުންފުންޏަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާތީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖަށް ޝުކުރު އަދާކޮށްފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top