މާދަމާރޭ! ބައިސްކޯފް! ކޯވަރެއް!
މިއީ އަދި ކޯރަކުން #ކޯވަރެއް އިންތިޒާރަށް ނިމުމެއް އަންނަން ކައިރިވެއްޖެ 15.01.2021
މިއަދި ބޯންދެނީ ކޯރެއްގެ ކޯވަރެއް! 15/01/2021 @baiskoafu
މިއީ މި ދިޔަ ދުވަސްވަރުގައި ޓްވިޓަރ ތެރެއިން ފެންނަމުންދިޔަ ވަރުގަދަ ކެމްޕޭނެއް ފަދަ ކަމެކެވެ. މި އަހަރު ފެށުނީ ސިމްބޮލިކުން ރިލީޒްކުރި “ކޯވަރެެއް” ލަވައާއިި އެކު އެ ލޭބަލްގެ ސަޕޯޓަރުންނަށް ހިނިތުންވުން ގެެނެސްދެމުންނެވެ. އޭގެ ފަހުން ސިމްބޮލިކުން ޖައްސަން ފެށި ކޯރަކުން #ކޯވަރެއް މިއީ ގިނަ ބައެއްގެ ހިތުގައި ގިނަ ސުވާލުތަކެއް އުފައްދާފައިވާ އެއްޗެކެވެ.
#ކޯވަރެއް މިއީ ކޮން އެއްޗެއްތޯ ސުވާލުކޮށްލީމެވެ. ޖަވާބުގައި ބުނީ 15.01.2021 ގައި ‘ކޯވަރެއް’ ނެރޭނެ ކަމަށެވެ.
ޔޫޓިއުބްގައި ރިލީޒްކުރީ އެ ލަވަ ނޫންހޭ ސުވާލުކޮށްލީމެވެ.
“އެއީ ކޯވަރެއްގެ އެއްމެ ލަވައެއް! އެ ލަވައިގައި ބުނާހެން ‘މި އަދި ބޯންދެނީ ކޯރެއްގެ ކޯވަރެއް.” ސިމްބޮލިކުން ލިބުނީ މި ޖަވާބެވެ. އެހެންކަމުން މި ބުނާ ކޯރަކުން #ކޯވަރެއް ބުއިމަށް އަހަރެންވެސް މި ހުންނަނީ އިތުރަށް ޝައުޤުވެރި ވެފައެވެ.
ކޮންމެއަކަސް، ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ރެކޯޑް ލޭބަލް ސިމްބޮލިކުން އެ ބުނާ ކޯރަކުން #ކޯވަރެއް މާދަމާރޭގެ 8:30 ގައި ބައިސްކޯފުން ރިލީޒްކުރާނެއެވެ. އެކަމަކު ކޯރަކުން #ކޯވަރެއް ބޮވޭނީ ބައިސްކޯފަށް ސަބްސްކްރައިބް ކޮށްލައިގެންނެވެ. އެހެންކަމުން ކޯރަކުން #ކޯވަރެއް ބޯން ތައްޔާރަށް ތިބެމާ ހިނގާށެވެ. ހަމަ ގައިމުވެސް ސިމްބޮލިކް ރެކޯޑްސް އިން ‘ތޯތޯ’ އެއްޗެއް ނުނެރޭނެ ކަން ފޭނުންނަށް ޔަަޤީންވާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް
- 3 މެއި 2025ޚަބަރުބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް
- 3 މެއި 2025ޚަބަރުލޯބިން ކުޅެން ފަށައިފި
yesss 👊