ބ. ގޮއިދޫގެ އަތިރިމަތި ދެލިން ފުރިއްޖެއެެވެ. ރަށުގެ އިރުމައްޗާއި ދެކުނުފަރާތުގެ ރާޅުފަށުގައި ހުރި މި ދެލިތަކަކީ ލައްގާފައިވާ ދެލިތަކެއް ކަމަށް ބެލެވެއެވެ.
ގޮއިދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އާމިރު ވިދާޅުވީ މި ދެލިތަކަކީ މީގެ އެއްދުވަސް ކުރިން ކަނޑުމަތީގައި ރޯވި ސަފާރީގެ ސަބަބުން ލައްވެފައިވާ ދެލިތަކެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.
“އަޅުގަނޑުމެން މިދަނީ މި މައްސަލައާއި ގުޅޭ ފޮޓޯ އަދި ވީޑިއޯ ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާކުުރުމުގެ މަސައްކަތް ކުރަމުން”
އާމިރު ވިދާޅުވިއެވެ.
[responsive-slider id=34753]
“ނައިޓިލަސް ވަން” ނަމަކަށް ކިޔާ ސަފާރީގައި ރޯވީ ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލުގައި އޮއްވައި ކަމަށާއި އޭރުގައި ސަފާރީގައި ތިބި ހަ މީހުން ޑައިވިން ދޯންޏަށް އެރި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.
ސަފާރީގައި ފަސް ދިވެހިންނާއި ބިދޭސީއަކު ތިބި އިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
