ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުއްޓަރުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ހަންޓޭ

ބ. ގޮއިދުއަށް އުފަން ހަސަން މާހިރު (ހަންޓޭ) އަކީ މިއަދު އައު މޫނަކަށް ނުވާނެއެވެ. އުމުރުން ތޭރަ އަހަރުއްސުރެން ކައިޓު ދުއްވުމާއި މޫދުގެ ކުޅިވަރުތަކުގައި ހުނަރު ދައްކަމުން އަންނަ ހަންޓޭ މިހާރުދަނީ 48 ގަޑިއިރުގެ ކައިޓު ދުއްވުމުގެ ހަރަކާތުގައި އޭނާގެ ހުނަރު ދައްކަމުންނެވެ.

މިދިޔަ ހޯމަދުވަހުން ފެށިގެން ކުރިއަށް ގެންދާ އިވެންޓް އަދިވެސް ކުރިއަށްދާއިރު ހަންޓޭ މިވަނީ ގޮއިދޫ ފުއްޓަރު ފަރާތުގެ ބިޔަ ރާޅުތަކުތެރޭ ޖެހިލުމެއްނެތި ކައިޓު ދުއްވާފައެވެ. ހަތްފޫޓާއި އަށްފޫޓުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ކައިޓު ދުއްވަން އެއްވެސް ވަރަކަށް ބިރު ނުގަންނަކަމަށް ހަންޓޭ ބުންޏެވެ.

މިހާރު ކުރިއަށްދާ ކައިޓްސާފިންގް އިވެންޓާއި ބެހޭ ގޮތުން ހަންޓޭ ބުނަނީ މިއީ ރާއްޖޭގެ ރެކޯޑަކަށް ވާނެކަމަށެވެ.

“އަޅުގަނޑުމެން އުއްމީދުކުރަނީ ވައިޖެހޭ ނަމަ 48 ގަޑިއިރަށްވުރެވެސް އިތުރަށް ކައިޓު ދުއްވަން” އޭނާ ބުންޏެވެ.

ގޮއިދޫގެ ކައިޓު ސާފަރުންގެ ކުރިމަގާއި މެދު ހަންޓޭ ބުނަނީ ކައިޓް ސާފަރުންގެ މުސްތަގްބަލް ފެންނަނީ ވަރަށް އުޖާލާކޮން ކަމަށެވެ.

“ގޮއިދޫގެ މި ކައިޓު ސާފަރުންނަކީ ވަރަށް ކެރޭ ހިތްވަރު ގަދަބައެއް… ކޮންމެ ކަމެއްވެސް މިކުދިން ގޮވައިގެން ކުރެވިދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް” ހަންޓޭ ބުންޏެވެ.

މިފަދަ ކޮންމެ ހަރަކާތްތަކެއް ކުރިއަށް ދަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެކުގައިކަން ހަންޓޭ ފާހަގަކުރެެެއެވެ. އަދި ހާއްސަކޮށް ކެއުމުގެ ކަންތައްތައް އިންތިޒާމުކޮށްދިނުުމުގައި ބެލެނިވެރިން ކޮށްދެއްވާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތަށް ހަންޓޭ އާއި ޓީމް ވަރަށްބޮޑަށް ޝުކުރުއަދާކުރެއެެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MuniAvas/videos/1152915385139366″ poster=”http://www.muniavas.com/wp-content/uploads/2021/02/received_745496349726978.jpeg”]

ހަންޓޭ އަކީ ސްލިންގް ޝޮޓްގެ ބްރޭންޑް އެމްބެސަޑުރުކަން ލިބުނު ފުރަތަމަ ދިވެހި އެތުލީޓު ކަމަށްވާއިރު ރެޑްބުލްއިން 2017 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ކައިޓު ސާފިންގް އިވެންޓެއްގައި އޭނާ ވަނީ ރާއްޖެ ތަމްސީލްކޮށްދީފައެވެ. އަދި އޭނާ އަކީ އެ އިވެންޓްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އެންމެ ހަގު ބައިވެރިޔާއެވެ.

[responsive-slider id=34931]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top